ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރުގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

ފަނަރަ މަސް ދުވަހުގެ ތެރޭގައި އަރްޖުންގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ އެހާރާއި މިހާރުގެ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ވަނީ ހިއްސާ ކޮށްފަ އެވެ.

36 އަހަރުގެ އެކްޓަރު އަރްޖުން ބުނީ ހަށިގަނޑަށް މި ބަދަލުގެނައުމުގެ މަސައްކަތް ފެށީ ފެބްރުއަރީ 2021 ގައި ކަމަށެވެ. އަދި ޗަބީ ފޮޓޯ އަކީ އެ ދުވަހު ނެގި ފޮޓޯއެކެވެ. ދެވަނަ ފޮޓޯ ނަގައިފައި ވަނީ މޭ 2022 ގަ އެވެ. މި ދެ ފޮޓޯއިން އަރުޖުންގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލު ވަރަށް ރީތިކޮށް ފެނެ އެވެ.

https://www.instagram.com/p/CdVKpw3I4DC/

ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ފިރިހެން ދަރިފުޅު އަރުޖުން ބޮލީވުޑަށް ނުކުތީ 2012ގެ ފިލްމް "އިޝަގްޒާދޭ" އިން ޕަރިނީތީ ޗޯޕްރާއާއެކު އެވެ.

އަރުޖުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ދަ ލޭޑީ ކިލާ' އަދި "އޭކް ވިލަން ރިޓާންސް"ގެ އިތުރުން "ކުއްތޭ" ހިމެނެ އެވެ.