އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ ބ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ މިއަދު ގޮއިދޫ ފެނާއި ނަރުދަމާގެ ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި ދިހ ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައި ދިނުމުގެ މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ބަހައްޓާފަ އެވެ.
މި މަޝްރޫއުގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އަށް ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދީފަ އެވެ. މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލ ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރު ކޮށް ދެވިފަ އެވެ.
ގޮއިދޫގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ ރ. ކިނޮޅަހާއި ނ. މާޅެންދު އާއި ނ. ކުޑަފަރީގެ ކޮމިޝަން މަސައްކަތްވެސް ވަނީ ނިންމާލާފަ އެވެ.
ފާޑުކިޔުން އަމާޒުވި ބޭފުޅުންނާއެކު އަލުން ކެބިނެޓު އެކުލަވާލުން!
މި ހަފުތާގައި އެމެރިކާއާއި އީރާނުގެ މަޝްވަރާތައް އަލުން ފަށަނީ
ހީވަނީ އައްޑޫ ސިޓީ ކައުންސިލް އޮތީ ފެއިލްވެފައިހެން: މުއްތަލިބު