ކޮވިޑް-19 ޖެހުމަށް ފަހު ހަ މަސް ދުވަސް ވަންދެން އެ މީހާގެ ހަށިގަނޑުގައި އެންޓިބޮޑީސް ހުންނަ ކަމަށް ހެލްތު ވޯކަރުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އެންޓިބޮޑީސް ހުރުމުން ދެވަނަ ފަހަރަށް ބަލިޖެހުމުން ރައްކާތެރިކޮށްދެ އެވެ.

މި ދިރާސާ ހެދުމަށްޓަކައި އޮކްސްފޯޑު ޔުނިވަސިޓީގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 ޖެހުނު މުވައްޒަފުން ކޮންމެ ދުވަހަކު ދިޔައީ އެންޓިބޮޑީސް ހުރިތޯ ޓެސްޓް ކުރަމުންނެވެ. ގިނަ އެންޓިބޮޑީސް ހުރި މީހުން ދެވަނަ ފަހަރު ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

މިގެ ކުރިން ކޮށްފައިވާ އެހެން ދިރާސާއަކުން ދައްކާގޮތުގައި އެހެން ބައްޔެއް ޖެހުމަށް ފަހު ހަށިގަނޑުގައި އުފެދިފައި ހުންނަ އިމިއުނިޓީގެ ސަބަބުން ކޮރޯނާވައިރަސް ޖެހުމުން ދުރުކޮށްދެ އެވެ.

އޮކްސްފޯޑު ޔުނިވަސިޓީގެ މި ދިރާސާއާއި އެކު އިންފެކްޝަން ކޮންސަލްޓެންޓެއް ކަމަށްވާ ޑރ. ކޭޓީ ޖެފެރީ ބުނި ގޮތުގައި މިއީ ވެކްސިން ލިބުމުގެ ކުރިން ލިބިގެންދިޔަ "މިއީ އުންމީދީ ހަބަރެކެވެ."

އޭނާ އިތުރަށް ވިދާޅުވިގޮތުގައި މި ދިރާސާއިން ހާމަކޮށްދެނީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މީހާއަށް ދެވަނަ ފަހަރަށް ބަލި ޖެހުމުން ރައްކާތެރިކޮށްދޭ ކަމެވެ.