ކުލަގަދަކޮށް ފާހަގަކުރި ކައިވެންޏަށް ފަހު އާލިއާ ބަޓް އާއި އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރް ވަނީ އަނބުރާ މަސައްކަތް ފަށާފަ އެވެ.

އެގޮތުން އާލިޔާ، އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޝޫޓިން ފަށާފައިވާއިރު، ރަންބީރު ވެސް މުމްބާއީގައި އޭނާގެ މަސައްކަތް ކުރިއަށް ގެންދެ އެވެ.

ދާދި ފަހުން އާލިއާ އޭނާގެ އިންސްޓަގްރާމްގައި "ގިވް މީ މައި ސަން ޝައިން" ކެޕްޝަން އަކަށް ޖަހައި ފޮޓޯއެއް އާންމުކޮށްފައިވާއިރު، މަޝްހޫރު ތަރި އަރްޖުންވެސް އެއަށް ކޮމެންޓު ކޮށްފައިވެ އެވެ. އެގޮތުން އޭނާގެ "ސަން ޝައިން" ވީ މުމްބާއީގައި ކަމަށް ބުނެ އަރްޖުން ވަނީ ކޮމެންޓް ބައިގައި ދިމާކޮށްފަ އެވެ.

ހަމައެހެންމެ އަރްޖުން ފިޔަވައި އާލިޔާގެ ފޮޓޯއަށް އޭނާގެ ފޭނުން ވެސް ކޮމެންޓްކޮށްފައިވެ އެވެ.

https://www.instagram.com/p/CeImiGQs-n6/

ކައިވެންޏަށް ފަހު ދެފަންނާނުން ވެސް މަސައްކަތަށް ގޮސްފައިވާއިރު، މީގެ ދުވަސްތަކެއް ކުރިން ރަންބީރު ވަނީ "ޓީސީރީޒް" ގެ އޮފީހުން ފެނިފަ އެވެ.

އާލިއާ އާއި ރަންބީރު ކައިވެނީގެ ގޮތުން ގުޅުނީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުގަ އެވެ. އަދި ދެފަންނާނުންގެ ކައިވެނި ބާއްވާފައިވަނީ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށެވެ.