ފުވައްމުލަކުގެ މިސްކިތްތަކުގައި މި ހަފްތާގައި ހުކުރު ކުރައްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިންނާއި، ރާއްޖޭގެ މަޝްހޫރު ދިނީ ޢިލްމުވެރިން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފުވައްމުލަކުގެ ހަ މިސްކިތެއްގައި ދީނީ އިލްމުވެރިންނާއި މިނިސްޓްރީގެ އިސް ބޭފުޅުން ހުކުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީ އާއި މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް މުހައްމަދު އަނީލްގެ އަދި ޑރ. މުހައްމަދު އިޔާޒް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އޭގެ އިތުރުން އައްޝައިޚް ހަސަން ލަތީފް އާއި އައްޝައިޚް އަޒްމަތު ޖަމީލް އާއި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމް އައްޝައިޚް ނަސްރުﷲ އަލީ ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އެ ބޭފުޅުން ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވީ، އެ ސިޓީގައި އިމާމުންނާއި ޚަޠީބުންނަށް ޚާއްސަކޮށްގެން، ފެށި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެޑައިގަތުމަށެވެ.
މިނިސްޓްރީން ބުނީ ޑރ. ޒާހިރު ހުކުރު ކުރައްވާނީ މަސްޖިދު އުއްމުލްޤުރާގައި ކަމަށެވެ. ސްޓޭޓް މިނިސްޓަރު މުޙައްމަދު އަނީލް، ސްޖިދުލް އިނާރާގައި ހުކުުރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޑރ. އިޔާޒް ހުކުުރު ކުރައްވަން ހަމަޖެހިފައިވަނީ ހުކުރު މިސްކިތުގަ އެވެ.
އޭގެ އިތުރުން އައްޝައިޚް ލަތީފް، މަސްޖިދުލް ހިދާޔާގައި ހުކުރު ކުރައްވާނެ ކަމަށާއި، އައްޝައިޚް އަޒްމަތު ޖަމީލް، މަސްޖިދުލް ތައުބާގައި އަދި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމް އައްޝައިޚް ނަސްރުﷲ، މަސްޖިދުލް އައްވާބްގައި ހުކުރު ކުރައްވާނެކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
މި ހަފްތާގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ ކީރިތި ރަސޫލާ ދެކެ ލޯބިވުމުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީގެ އިސްވެރިންތަކެއް ފުވައްމުލަކަށް ވަޑައިގެން މިއުޅުއްވަނީ އެބޭފުޅުންގެ ޕާރތީ ޕްރޮމޯރޓްކުރައްވަން. މިދަތި ދަނޑިވަޅުގައި ސަރުކާރުގެ ފައިސާ ބޭކާރުކޮށްނުލެއްވުންއެދެން. ތިޔަމިނިސްޓްރީގެ އިސްމުއައްޒަފުންނަށްވުރެން މާރީތިކޮސް ޤްރުއާންކިޔަވާ ހުކުރުކުރާމީހުން ފުވައްމުލަކުގައި އެބަތިބި. އެހެނަސް ފުވައްމުލަކަކީ ރާއްޖޭގައި އެއްމެ ޤްރުއާނަށް އަހްމިއްޔަތުކަންދޭ ރަށަކީ.