ކަލާޒް ޓީވީގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 12 ސީޒަންގެ ޕްރޮމޯ ދައްކާލައި އަންނަ މަހު ދެ ވަނަ ދުވަހުން ފެށިގެން ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ މަޝްހޫރު ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ 12" ޓީޒާއެއް ކަލާޒް ޓީވީގެ ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ. އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާ މިފަހަރުގެ ސީޒަންވެސް ޝޫޓު ކޮށްފައިވަނީ ދެކުނު އެފްރިކާގެ ކޭޕް ޓައުންގަ އެވެ.

މި ފަހަރުގެ ސީޒަންގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ.

މި ފަހަރުގެ ސީޒަންގައި ވެސް ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ސެލެބްރިޓީން ފެނިގެންދާނެ އެވެ.

https://www.instagram.com/p/Ce8KQkmDaZN/?hl=en

ބައިވެރިވެރިން ނުރައްކާތެރި އެތައް ސްޓަންޓްތައް ހަދައި، އެ މީހުންގެ ބިރުކަނޑުވައިލާ ގޮތް ފެނިގެންދާ "ހަތުރޯން ކޭ ކިލާޅީ" ސީޒަން 12 ގެ ބައިވެރިންނަކީ ރުބީނާ ދިލައިކް، ޝިވާންގީ ޖޯޝީ، ނިޝާންތު ބަޓް، ސުރިތީ ޖާ، މުނައްވަރު ފާރޫގީ، ކަނިކާ މަން، ޕްރަތީކް ސެހެޖްޕާލް، މޯހިތު މަލިކް، ތުޝާރު ކާލިއާ، ޗެތުނާ ޕާންޑޭ، ރަޖީވް އަދާތިއާ އަދި އަނޭރީ ވަޖާނީ އެވެ.

ހަތުރޯން ކޭ ކިލާޅީ 12 ގެ ބައެއް ބައިވެރިން

މިދިޔަ އަހަރު ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން ކާމިބާކުރީ ޓީވީ އެކްޓަރު އަރުޖުން ބިޖްލާނީ އެވެ.

"ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ "ފިއާ ފެކްޓާ" ގެ އިންޑިއާ ވާޝަނެވެ