މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑުނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއް ނިވިފައިވާ ކަމަށެވެ. އަދި މާލޭގެ ކަރަންޓު ނެޓްވޯކް ސްޓޭބަލް ކުރުމަށްޓަކައި އިތުރު ދެ ފީޑަރެއް ނިއްވާލަން ޖެހިފައިވާ ކަމަށާއި މިއާއެކު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

"މާާލޭގެ ބައެއް ހިސާބުތަކުން މިރޭ ކަރަންޓުގެ ހިިދުމަތް މެދުކެނޑުނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާާންސްފޯމަރެއްގެ ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން. ކަރަންޓު ކެނޑުނު ގިނަ ސަރަަހައްދުތަކަކަށް މިހާާރު ވަނީ އަލުން ކަރަންޓު ދެވިފައި،" ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އަދި ދިމާވާނެ ދަތިތަކަށް އެކުންފުނިންވަނީ މައާފަށް އެދިފަ އެވެ.