ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެ އާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ހާއްސަ ހިނގާލުމެއް މިއަދު ހެނދުނު ބާއްވައިފި އެވެ.
މާލޭގައި ކުރިއަށްދިޔަ މި ހިނގާލުން ފަށާފައިވަނީ މިއަދު ހެނދުނު 6:00 ގައެވެ. މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުން ފެށިގެން ބޮޑުތަކުރުފާނު މަގުގަ އެވެ.
މި ހިނގާލުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާންގެ އިތުރުން ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ، އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ހިމެނޭހެން 1،000 އަށް ވުރެ ގިނަ މުވައްޒަފުން މާލޭގެ ހިނގާލުމުގައި ބައިވެރިވި އެވެ. އަދި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބޭއްވި ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގައި ހިދުމަތްކުރާ ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
މި ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން މަދަނީ ހިދުމަތެއްގެ ގޮތުގައި ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ހިންގަން ފެށިތާ 22 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.
ފުލުހުންގެ ދުވަހާ ގުޅުވައިގެން އިތުރު ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ކުޑަކުދިންނަށް ހާއްސަ ހަވީރެއް މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، "ޕޮލިސް ފެމިލީ ނައިޓް" ގެ ނަމުގައި ހާއްސަ ހަރަކާތެއް މިރޭ ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
އިހުތިރާމާއި ގަދަރު ނުލިބޭ ގުޅުމަކުން ދުރަށް ދާން އެހީއެއް!
20 އަހަރު ފަހުން އަކްޝޭގެ ފިލްމު "ހޭ ބޭބީ"ގެ ސީކުއަލްއެއް!
މައިލީ ސައިރަސް އޭނާގެ ނަން ބަދަލު ކުރަނީ؟