ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުން ހަ ޕަސެންޓް ދަށްވެ، ފީފާއެއްގެ 101 ޑޮލަރަށް ވެއްޓިއްޖެ
ތެލުގެ އަގުތައް ބުދަ ދުވަހު ދަށަށް ދިޔައީ، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ޑްރައިވަރުންނަށް ތެލުގެ ހަރަދު ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރުކުރައްވައި، ފެޑެރަލް ރިޒާވްގެ ރޭޓް މަތިވުމުގެ ސަބަބުން އެމެރިކާގެ އިގުތިސޯދު އިނދަޖެހިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.
އެޑްމިނިސްޓްރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، ބައިޑަން އެމެރިކާގެ ކޮންގްރެސްގައި އެދިވަޑައިގަންނަވާނެ ކަމަށް ބެލެވެނީ، ޕެޓްރޯލްގެ ގެލަން ނަގާ ފެޑެރަލް ޓެކްސްއަކަށް 18.4 ސެންޓްގެ ތިން މަސް ދުވަހަށް ސަސްޕެންޑް ކުރުމާމެދު ވިސްނަވައި، ސްޓޭޓްތަކަށް ތެލުން ނަގާ ޓެކްސް ހުއްޓާލުމަށް ވަނީ ގޮވާލައްވައިފަ އެވެ.
ޕަމްޕްގެ އަގުތައް ދަށްވުމަކީ ހަގީގަތުގައި ތެލުގެ ޑިމާންޑް އިތުރުވެ، ސާފު ނުކުރާ އަގުތަކަށް ތާއީދުކުރުން ކަމަށްވީ ނަމަވެސް، ޕީވީއެމްގެ އެނަލިސްޓް ސްޓެފަން ބްރެނޮކް ވިދާޅުވީ، ހަކަތައިގެ އަގުތައް އިންތިހާއަށް މައްޗަށް ދިޔަ ނަމަވެސް، ހަކަތައިގެ އަގުތައް ތިރިކުރުމަށް ބައިޑަންގެ ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އަޅާފާނެތީ ވިޔަފާރިވެރިން ކަންބޮޑުވެދާނެ ކަމަށެވެ.
ރަޝިއާއިން ފެބްރުއަރީ މަހު ޔުކްރޭނަށް ހަމަލާދޭން ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް ވުރެ މަތިވި އެވެ.
ބްރެންޓް ކްރޫޑް ފިއުޗާސް ވަނީ ހެނދުނު 11:08 ގައި 4.76 ޑޮލަރު ނުވަތަ 4.2 ޕަސެންޓް، 109.89 ޑޮލަރަށް ފީފާއަކުން އަގު ވަނީ ދަށަށް ގޮސްފަ އެވެ. އެއާއެކު 107.03 ޑޮލަރަށް ފީފާއެއްގެ އަގު ސެޝަނެއްގައި ދަށްވުމުން، މިއީ މެއި މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެންމެ ދަށްވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ފިއުޗާސް އިން ފީފާއަކުން 5.11 ޑޮލަރު ނުވަތަ 4.7 ޕަސެންޓްގެ ވެއްޓުމަކާއެކު 104.41 ޑޮލަރަށް ފީފާއެއްގެ އަގު ވެއްޓުނެވެ. ސެޝަން ދަށްވެ 101.53 ޑޮލަރަށް ފީފާއެއްގެ އަގު ދަށްވިއިރު، މިއީ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެންމެ ދަށްވި ފުރަތަމަ ފަހަރެވެ.
ތެލުގެ އަގުތައް، ސްޓޮކްގެ އަގުތަކާ އެއްގޮތަށް ބަދަލުވުމުން، އިންވެސްޓަރުންނަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ އިރު، އިންފްލޭޝަން މައްޗަށް ދާ ދިޔުން ހުއްޓުމަކަށް އަތުވެދާނެ ކަމަށް އިންވެސްޓަރުން ނަށް ލަފާކުރެވިފައި ވެއެވެ. -- ރޮއިޓާސް