ފިލްމީ އާއިލާއަކަށް ނިސްބަތްވިޔަސް ބޮލީވުޑަށް ނިކުތުމުގައި ގިނަ ގޮށްޖެހުންތަކާ ކުރިމަތިލާ ޖެހުނު ކަމަށް އެކްޓަރު އަރުޖުން ކަޕޫރު ބުނެފި އެވެ.

އަރުޖުން ކަޕޫރަކީ ބޮލީވުޑްގެ މަޝްހޫރު ފްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ބޯނީ ކަޕޫރުގެ ދަރިފުޅެވެ.

އަރްޖުން ކަޕޫރުގެ 37 ވަނަ އުފަން ދުވަސް ލޯބިވެރިޔާ މަލައިކާ އަރޯރާއާއެކު ޕެރިސްގައި އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން އަރްޖުން އާއި މަލައިކާ ނަގާފައިވާ ރޮމެންޓިކް ފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ޝެއާ ކުރަމުންނެވެ.

2012 ވަނަ އަހަރު "އިޝަގްޒާދޭ" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު އަރުޖުން ކަޕޫރު އުފަންދުވަސް ފާހަގަކުރުމަށް ޕެރިހަށް ދިޔުމުގެ ކުރިން ބޮލީވުޑް ހަންގާމާއަށް ދީފައިވާ އިއްޓަވިއުއްގައި ބުނެފައިވަނީ އޭނާގެ އާއިލާއަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ އާއިލާއެއް ނަމަވެސް އޭނާ ފިލްމީ ދާއިރާއަށް ނިކުތުމަށް އާއިލާގެ އެހީތެރިކަން ހޯދަން ބޭނުން ނުވި ކަމަށެވެ.

ބައްޕައަކީ ޕްރޮޑިއުސަރަކަށް ވިޔަސް، ބައްޕަގެ "ތައްޕާހުން" އުޅެގެން އިންޑަސްޓްރީއަށް ނުކުތުމަކީ އަމިއްލަ ޒަމީރު ގަބޫލުކުރި ކަމެއް ނޫން ކަމަށް ވެސް އަރުޖުން ބުންޏެވެ.

https://www.instagram.com/p/CeYb2f0pbpw/

އަރުޖުންގެ ފުރަތަމަ ފިލްމަކީ ބޮލީވުޑްގެ އެންމެ ބޮޑު ކުންފުނި އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެކެވެ. އެކަމަކު ބަތަލާ ޕަރިނީތީ ޗޯޕްޅާއާ އެކީ ކުޅުނު "އިޝަގްޒާދޭ" އިން ފުރުސަތު ލިބުނީ ވަރަށް ހަނި އަދި އެހާމެ އުނދަގޫ ގޮތަކަށް ކަމަށް އަރުޖުން ބުންޏެވެ.

"އަހަރެންގެ އެ ފޮޓޯތައް ބަލާފައި އާދީ ބުނީ އަހަރެންގެ ނެތޭ ލީޑް އެކްޓަރެއްގެ ކޮލިޓީއެއް. ތިމަންނައަކަށް ސިފައެއްނުކުރެވެއޭ އަހަރެންގެ ކިބައިންގެ ލީޑް އެކްޓަރެއްގެ ކިބައިގައި ހުންނަން ޖެހޭ ކަހަލަ ސިފަތަކެއް،" އަރުޖުން ބުންޏެވެ.

https://www.instagram.com/p/CfIvV-eoxG2/

އޭނާ ކިޔައިދިން ގޮތުގައި "އިޝަގްޒާދޭ" އިން ފުރުސަތު ލިބުނީ ގިނަ އޮޑިޝަންތަކެއް ހަދައިގެން، އެކްޓްކުރެވިދާނެ ކަމަށް އޮޑިޝަން ވީޑިއޯތަކުން އަދިތިޔާ އަށް ގަބޫލުކުރެވުނު ހިސާބުން ކަމަށެވެ.

ކޮންމެއަކަސް އަދިތިޔާ ބޭނުންވި ކަހަލަ މީހަކަށްވާން އަރުޖުންވި ގުރުބާނީވީ ކާމިޔާބު ކަމަކަށެވެ. "އިޝަގްޒާދޭ" އިން ބެލުންތެރިން އޭނަ ބަލައިގަތެވެ. އަދި އޭގެ ފަހުން ވައިއާރްއެފްގެ އިތުރު ތިން ފިލްމެއް އަރުޖުން ކުޅުނެވެ. އެއީ 2013 ގެ "އޯރެންގަޒަބް" އާއި 2014 ގެ "ގުންޑޭ" ގެ އިތުރުން މިދިޔަ އަހަރުގެ "ސަންދީޕް އޯރް ޕިންކީ ފަރާރު" އެވެ.

އަރުޖުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އޭކް ވިލަން ރިޓާންސް"، "ކުއްތޭ" އަދި "ދަ ލޭޑީ ކިލާ" ހިމެނެ އެވެ.