ޕްޔޮންްޔޭންގް (01 ޖުލައި) - އުުތުރު ކޮރެއާއަށް މިފަހުން ކުރިމަތިވި ކޮވިޑް-19ގެ ރާޅު ކުރިމަތިވީ ދެކެނު ކޮރެއާގެ ސަބަބުން ކަމަށް އެ ގައުމުން ތުހުމަތު ކޮށްފި އެވެ.
އުތުރު ކޮރެއާއިން މިއަދު ބުނީ އެގައުމުގައި ކޮވިޑް ފެތުރެން ފެށީ ދެކުނު ކޮރެއާއާ ގުޅޭ ބޯޑަރު ކައިރީގައި ހުރި ގޮތް ނޭނގޭ އެއްޗެހި ތަކެއްގައި އެގައުމުގެ އާއްމުންތަކެއް އަތްލައި ހެދުމުން ކަމަށެވެ.
ކަމާާބެހޭ ފަރާތްތަކުން ކުރި ތަހުގީގަކަށްފަހު އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ވަނީ ވަޔާއެކު ބޯޑަރު ހުރަސްކޮށް އަންނަ ގޮތް ނޭނގޭ ތަކެތީގައި އަތްލާ ނޫޅުމަށް އާއްމުންނަށް އިލްތިމާސް ކޮށްފަ އެވެ.
އެ މީޑިއާއިން ނެރުނު ރިޕޯޓުގައި ސީދާ ދެކުނު ކޮރެއާއަށް ތުހުމަތު ކޮށްފައި ނުވި ނަމަވެސް ޒަމާނުއްސުރެ ދެ ކޮރެއާގެ ދެމެދުގައި އޮތް ހަތުރުވެރިކަމުގެ ސަބަބުން އެއީ ދެކުނު ކޮރެއާއަށް ކުރި ތުހުމަތެއްކަން ދޭހަވެ އެވެ.
މިކަމާ ގުޅިގެން ދެކުނު ކޮރެއާގެ އިންޓާ ކޮރެއަން އެފެއާޒް މިނިސްޓްރީއިން ބުނީ ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާއަށް ދިޔަ ލީފްލެޓް ތަކެއްގެ ސަބަބުން ކޮވިޑް ފެތުރުމަކީ ގަބޫލު ކުރެވޭކަމެއް ނޫން ކަމަށެވެ.
ދައުލަތުގެ މީޑިއާއިން އިތުރަށް ބުނެފައިވަނީ ބޯޑަރު ހުރަސްކޮށް އައި ގޮތް ނޭނގީ އެއްޗެހި ތަކެއްގައި އަތްލި ސިފައިންގެ މީހަކާއި ފަސް އަހަރުގެ ކުޑަ ކުއްޖަކީ އެގައުމުން ފެނުނު ފުރަތަމަ ކޮވިޑް ކޭސްތައް ކަމަށެވެ.
އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް މި ތުހުމަތު ކޮށްފައިވާއިރު އެމެރިކާގެ ސެންޓަ ފޯ ޑިިޒީސް ކޮންޓްރޯލްއިން ވަނީ ކޮވިޑް ވައިރަސްގެ އަސަރު ކޮށްފައިވާ ތަކެތިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުގެ ފުރުސަތު ވަަރަށް ކުޑަ ކަމަށް ބުނެފަ އެވެ. -- އަލް އަރަބިއްޔާ