ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ހަޔާތުގެ މައްޗަށް ޑޮކިއުމެންޓްރީ ސީރީޒެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ނެޓްފްލިކްސްއިން ދެއްކުމަށް ހަމަޖެހިފައިވާ މިސީރީޒް ޑައިރެކްޓް ކުރަނީ އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ޕިޝަރ ސްޓީވަންސް އެވެ. މިއީ 20 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުފައްދާ ސީރީޒެކެވެ. މިސީރީޒްގައި ބެކަމްގެ އިތުރުން އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމްވެސް ފެނިގެންދާނެ އެވެ.

"ދަ ކޯވް" ގެ ޑައިރެކްޓަރު ފިޝަރ ސްޓީވަންސް މި ސީރީސް ޑައިރެކްޓް ކުރާނެކަން މިހާރު ކަށަވަރު ވެފައިވާއިރު މީގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ "ސާޗްފޯ ޝުގަރމަން" ގެ ޕްރޮޑިއުސަރު ޖޯން ބަޓްސެކް އެވެ.

ބެކަމްގެ 'ސްޓޫޑިއޯ 99' ޕްރޮޑަކްޝަން ސްޓޫޑިއޯ އިން މި ޑޮކިއުމެންޓްރީ ސީރީޒް ޕްރޮޑިއުސް ކުރާނީ ބަޓްސެކްގެ ވެންޗާލޭންޑް އާ ގުޅިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ސީރީޒްގައި ވޭތުވެދިޔަ 40 އަހަރު އިނގިރޭސިވިލާތުގެ ކުރީގެ ކެޕްޓަން ބެކަމް ނުފެންނަ ޕާސަނަލް ވާހަކަތަކެއް ފެނިގެންދާނެ އެވެ. އަދި ބެކަމްގެ ކެރިއަރުގެ ބައެއްގެ ގޮތުގައި ތިބި ރައްޓެހިންނާއި އާއިލާ އަދި ފުޓްބޯޅައިގެ ދުނިޔޭގެ ފަރާތްތަކާ އިންޓަވިއުވެސް ފެނިގެންދާނެ އެވެ.

https://www.instagram.com/p/Cf9BR25ossZ/?hl=en

އުމުރުން 47 އަހަރުގެ ބެކަމް ބުނީ އޭނާގެ ހަޔާތުގެ މައްޗަށް ސީރީޒެއް ހަދާތީ އެކަމާއި އުފާ ކުރާ ކަމަށެވެ.

ބެކަމް ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް ފަދަ ކްލަބުތައް ތަމްސީލުކޮށް ފުޓްބޯޅަ ކެރިއަރުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.