ހަތުރޯން ކޭ ކިލާޅީ 12 ޕްރިމިއާކޮށްފައިވަނީ ޖުލައި 2، 2022 ގައި. ހަ ވަނަ އެޕިސޯޑުގައި އަނެރީ ވަޖާނީ ވަނީ ޝޯއިން ބޭރުކޮށްލާފައި. މީގެ އިތުރުން ފައިނަލް ޓާސްކް ކާމިޔާބު ކުރެއްވީ ފައިސޫ އާއި ޝިވަންޖީ ޖޯޝީ.

ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކޮށް ކަލާޒް ޗެނަލުން ގެނެސްދޭ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަން މިމަހުގެ ދެ ވަނަ ދުވަހުން ފެށިގެން އަންނަނީ ދައްކަމުންނެވެ. މިޝޯގައި އާދަޔާ ހިލާފު ގިނަ ސްޓަންޓްތަކެއް ފެނިގެންދެ އެވެ.

މިފަހަރުގެ ސީޒަންގައިވެސް ގިނަ ސެލިބްރިޓީންތަކެއް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ރުބީނާ ދިލައިކް، ޝިވާންގީ ޖޯޝީ، ނިޝާންތު ބަޓް، ސުރިތީ ޖާ، މުނައްވަރު ފާރޫގީ، ކަނިކާ މަން، ޕްރަތީކް ސެހެޖްޕާލް، މޯހިތު މަލިކް، ތުޝާރު ކާލިއާ، ޗެތުނާ ޕާންޑޭ، ރަޖީވް އަދާތިއާ، އަނޭރީ ވަޖާނީ، ޖަންނަތު ޒުބައިރު އަދި ފައިސަކް ޝައިހް އެވެ.

"ހަތުރޯން ކޭ ކިލާޅީ"ގެ 12 ވަނަ ސީޒަންގެ ހަ އެޕިސޯޑް ގެނެސްދީފައިވާއިރު ބައިވެރި އަންނަނީ ސްޓަންޓްތައް ވަރަށް ރަގަޅަށް ހުށަހަޅައިދެމުންނެވެ.

ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި ޝޫޓްކޮށްފައިވާ މިފަހަރުގެ ސީޒަންގައި އެންމެ ފަހު އެޕިސޯޑްގައި ވަނީ ޓީވީ ބަތަލާ އަނެރީ ވަޖާނީ ވަނީޝޯއިން ބޭރުވެފަ އެވެ.

https://www.instagram.com/p/CgJ6qKeDiYf/

ބައިވެރިވެރިން ނުރައްކާތެރި އެތައް ސްޓަންޓްތައް ހަދައި، އެ މީހުންގެ ބިރުކަނޑުވައިލާތަން މިސީޒަނުގައިވެސް ފެނިގެންދާނެ އެވެ.

މިދިޔަ އަހަރު ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން ކާމިބާކުރީ ޓީވީ އެކްޓަރު އަރުޖުން ބިޖްލާނީ އެވެ.

https://www.instagram.com/p/Cf_bSrhAqRH/

މިފަހަރުގެ ސީޒަން ކާމިޔާބު ކުރާނެ ކަމަށްބެލެވޭ ފަންނާނުގެ ނަށްތަކެއް މިހާރު މީޑިއާގައި ވަނީ ލީކްވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަން ފައިނަލިސްޓް ގޮތުގައި ފެނިގެންދާނީ ޖަންނަތު ޒުބައިރު، މޯހިތު މަލިކް އަދި ފައިސަލް ޝައިޚް އެވެ.

"ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ "ފިއާ ފެކްޓާ" ގެ އިންޑިއާ ވާޝަނެވެ