"ދިޔަރެސް"ގެ ނޫސްވެރިޔާ އަހްމަދު އަޒާން މިއަދު ފުލުހަށް ހާޒިރުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ނޫސްވެރިން ފުލުސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކޮށްފި އެވެ.
މުޒާހަރާ ކުރި ނޫސްވެރިން ތިބީ އެކި މެސެޖްތައް ހިމެނޭ ބޯޑުތައް ހިފައިގެންނެވެ، އެގޮތުން ހިޔާލު ފާޅުކުރުމުގެ ހައްގު ނިއުޅައި ނުގަނެވޭނެ ކަމަށާއި އަދި ނޫސްވެރިން ލިޔާއެއްޗެއް ނުހުއްޓުވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި މަސްދަރު ހާމަކުރުން ލާޒިމުކޮށް ފާސްކޮށްފައިވާ ހެއްކާ ބެހޭ ގާނޫނުގެ މާއްދާ ބާތިލުކުރަންވަނީ ގޮވާލާފަ އެވެ.
ފުލުހުންވަނީ އަޑު އުފުލި ނޫސްވެރިން އެ ތަނުން ދުރުކޮށްފަ އެވެ.
އަޒާން ފުލުހަށް ހާޒިރުކުށްފައިވަނީ އައިޖީއެމްއެޗްގެ ޑާޓާ ބޭސްއިން ބޭނުން މީހަކަށް ފަސޭހަކަމާއެކު ބޭނުން މީހެއްގެ މައުލޫމާތު ބެލޭކަން ފާހަގަކުރެވި އެ މައްސަލަ ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗްގެ ސަމާލުކަމަށް ގެނައުމަށްފަހު ރިޕޯޓުކުރި މައްސަލައިގެ ތަހުގީގަށެވެ.
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟
ކޯޓު ހުކުމަށް އަމަލުނުކުރި ކަމަށް ބުނެ މައްސަލަ ކައުންސިލަށް
ރޮބާޓީ ކާލޯސް އިސްލާމިވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި