ދިނޭޝް ވިޖާންގެ މެޑޮކް ފިލްމްސް އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ލޯބީގެ ފިލްމުގެ ލީޑް ތަރިންނަށް ޝާހިދު ކަޕޫރާއި ކްރިތީ ސަނޯން ހަމަޖައްސައިފި އެވެ.

މަޝްހޫރު ބޮލީވުޑް ތަރި ޝާހިދު އާއި ޕްރޮޑިއުޝަރު އަދި ޑައިރެކްޓަރު ދިނޭޝް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމުގެ ނަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މިއީ "ކަބީރު ސިންގް" އަށްފަހު ޝާހިދު އަނެއްކާ ވެސް އެހާ ވަރުގަދަ ލޯބީގެ ފިލްމަކަށް ސޮއިކުރި ފުރަތަމަ ފިލްމެވެ.

އިންޑިއާގެ މުމްބާއީގެ އިތުރުން ޔޫރަޕްގެ އެކި ގައުމުތަކުގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތް ފަށާނީ މި އަހަރު ފަހުކޮޅު އެވެ.

ރާބްތާ، ލޫކާ ޗުއްޕީ، އަރްޖުން ޕަޓިއާލާ، މިމީ، ހަމް ޑޯ ހަމާރޭ ޑޯ، އަދި ބެދިޔާ އަށް ފަހު، މި ފިލްމަކީ ކްރިތީ އާއި ދިނޭޝް ވިޖާން ގުޅިގެން މަސައްކަތް ކުރާ ހަތް ވަނަ ފިލްމެވެ.

https://www.instagram.com/p/CgPGZs8oWv_/?hl=en

މި ފިލްމުގެ އިތުރުން ޝާހިދު މިހާރު ސޮއިކޮށްފައި ހުރި މަސައްކަތްތަކުގެ ތެރޭގައި އަލީ އައްބާސް ޒަފަރުގެ ފިލްމަކާއި، އެމެޒޯން ޕްރައިމް ވީޑިއޯއިން ދައްކަން ހަމަޖެހިފައިވާ ރާޖް އެންޑް ޑީކޭގެ ސީރީޒް "ފަރްޒީ" ހިމެނެ އެވެ.

މިދިޔަ އޭޕްރީލް މަހު ނެޓްފްލިކްސްގައި ސްޓްރީމްކުރި "ޖޯޒީ"އަކީ އެންމެ ފަހުން ޝާހިދު ފެނިގެންދިޔަ ފިލްމެވެ.

https://www.instagram.com/p/CeX3N5sPn9q/?hl=en

ވަރުން ދަވަން އާއި ކްރިތީ ސަނޯންގެ "ބޭދިޔާ" އަކީ ދިނޭޝް ޕްރޮޑިއުސްކުރާ ކުރިއަށް އޮތް ފިލްމެވެ. މީގެ އިތުރުން ޖޯން އަބްރަހަމާއި މަނޫޝީ ޗިއްލަރު ފެންނަ "ތެހެރާން" އަކީވެސް ދިނޭޝް ޕްރޮޑިއުސްކުރާ ފިލްމެކެވެ.