ހޭންޑްބޯލް މޯލްޑިވްސް ހިންގަމުންދާ އޮފީސް އިމާރާތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ވެއްޖެ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، ހޭންޑްބޯލް މޯލްޑިވްސްގެ އޮފީހުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 06:05 ހާއިރު ކަމަށެވެ.
މި މައުލޫމާތު ލިބުމާއެކު ފަޔާފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ސިފައިން ކުރި އަވަސް މަސައްކަތުން، އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިޔަނުދީ، ހެނދުނު 06:21 ހާއިރު ވަނީ އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ހޭންޑްބޯލް މޯލްޑިވްސް ހިންގާ އިމާރާތަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.
ކުޑަކުއްޖަކު ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރު އަނދާ ހުލިވެއްޖެ
ބޮޑު ގެއްލުމެއްވެ މަންޓާ އެއާގެ އޭޓީއާރު ދަތުރުތައް ހުއްޓާލައިފި
"މިސް ޔުނިވާސް 2026"އަކީ ޕުއޭޓޯ ރިކޯގެ ޖެނިފާ!
