ރާއްޖޭގެ 57 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފިއެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ޑޭޓާ އެޑް-އޮން އެންމެ 125 ރުފިޔާ އަށް ނެގޭނެ އެވެ.

އެ ކުންފުނިން ބުނީ ދިރާގު ޕްރީޕެއިޑްގެ ކޮންމެ ޕްލޭނަކަށް ސަބްސްކްރައިބް ކުރައްވާފައިވާ ފަރާތަކަށް ވެސް މިނިވަންދުވަހުގެ ހާއްސަ އެޑް-އޮން އަށް އެޕްލައި ކުރެވޭނެ ކަމަށެވެ. މީގެ ތެރޭގައި މަމެން، ސަޅި ޕްރީޕެއިޑް، އަމަރް ޕްރީޕެއިޑް އަދި ހެލޯ ޕްރީޕެއިޑް ޕްލޭންގެ ކަސްޓަމަރުންވެސް ހިމެނެ އެވެ.

މި އޮފާ ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް 5 ދުވަހުގެ މުއްދަތަކަށެވެ.

އެ ކުންފުނިން ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި މި ހުޅުވާލި ޚާއްސަ ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑްގެ ކޮންމެ ޕްލޭނަކަށް ސަބްސްކްރައިބްކޮށްފައިވާ ފަރާތަކަށް ވެސް މި އެޑް-އޮން އަށް އެޕްލައިކުރެވޭނެ ކަމަށެވެ. މީގެ ތެރޭގައި މަމެން، ސަޅި ޕްރީޕެއިޑް، އަމަރް ޕްރީޕެއިޑް އަދި ހެލޯ ޕްރީޕެއިޑް ޕްލޭންގެ ކަސްޓަމަރުން ވެސް ހިމެނެ އެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ފަސޭހަކަމާއިއެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެ އެވެ. ނުވަތަ 343 އަށް "Data125" އަށް އެސްއެމްއެސް ކޮށްލައިގެން ވެސް މި އެޑް-އޮން ނެގޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.