ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރިޔާން އާއި ކިއާރާ އަދުވާނީ އެކުގައި ފެނިގެންދިޔަ "ބޫލް ބުލައިއާ 2" ކާމިޔާބަށް ފަހު ދެ ތަރިން އެކުގައި ފެނިގެންދާނެ ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ކާތިކް އާއި ކިއާރާ ފެނިގެންދާނެ ލޯބީގެ ފިލްމުގެ ނަށް އިއުލާނު ކޮށްފައިވަނީ ކިއާރާގެ 30 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ކިޔުމަށް ކާތިކް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އެވެ.

ކާތިކް ކޮށްފައިވާ ޕޯސްޓްގައި މިފިލްމުގެ ނަމަކޯ "ސަތިޔަޕްރޭމް ކީ ކާތާ" އެވެ. މިއީ މި ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ.

https://www.instagram.com/p/CgrjXYSjVQW/

ކުރިން މިފިލްމަށް ކިޔާފައިވަނީ "ސަތުޔަނަރަޔަން ކީ ކާތާ" އެވެ. ނަން ބަދަލުކޮށްފައިވަނީ މި ފިލްމްގެ ނަމާ މެދު ބަޔަކު މައްސަލަ ޖައްސަފާނެކަމަށް ބަލައިގެންނެވެ.

"ސަތިއަ ޕްލޭމް ކީ ކާތާ" އަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ސަމީރު ވިދުވަންސް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ. މީގެ ޝޫޓިން ވެސް ވަރަށް އަވަހަށް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. "ސަތިއަ ޕްރޭމް ކީ ކާތާ" ގެ ޑައިރެކްޓަރު ސަމީރަކީ ނެޝަނަލް އެވޯޑް ވެސް ހޯދި 2019 ގެ މަރާޓީ ބައޮގްރަފިކަލް ޑްރާމާ "އާނަންދީ ގޯޕާލް" ގެ ޑައިރެކްޓަރެވެ.