ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ދެ އޮޕަރޭޝަނެއްގައި އަތުލައިގެންފައިވަނީ ސިންތެޓިކް ކެތިނޯންގެ ބާވަތެވެ.
ފުރަތަމަ މައްސަލައިގައި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕޯސްޓް އޮފީސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. އެ ޕެކޭޖުގެ ތެރޭގައި ފޮރުވާފައި ހުރި 2,123 ގްރާމްގެ ސިންތެޓިކް ކެތިނޯން ފެނިފައިވެ އެވެ.
ދެވަނަ މައްސަލައިގައި، މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޫރިއާ މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖަކުން 1,030 ގްރާމްގެ ސިންތެޓިކް ކެތިނޯން ވަނީ އަތުލައިގަނެފަ އެވެ. މި ދެ މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން 3,153 ގްރާމް (3.15 ކިލޯ) އަށް އަރަ އެވެ.
މީގެއިތުރުން މިދިޔަ މަހުގެ 19 ގައި ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު އަތުލައިގެންފައިވާއިރު، މިދިޔަ މަހުގެ 24 ގައި ވައިގެމަގުން އެއާފްރައިޓް ޝިޕްމަންޓެއްގައި އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި ވެސް ކަސްޓަމްސްއިން ވަނީ އަތުލައިގަނެފަ އެވެ.
އީރާންގެ ލީޑަރު ޚާމަނާއީގެ ހާއްސަ މެސެޖެއް ޕުޓިންއަށް
ޕިއްޒާއަށް އަލަނާސި އަޅަން ދެކޮޅުހެދި ޝެފް ވަޒީފާއިން ވަކިކޮށްފި