ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމަށްވާ ސިދްހާރްތް މަލްހޯތްރާ އާއި ކިއާރާ އަދްވާނީ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަން ހާމަވެއްޖެ އެވެ.
ދެ ތަރިން ވެސް ލައިވް ސެޝަންއަކުން ފެނިފައިވާއިރު، ވާހަކަ ދެއްކުމުގައި ސިދާރްތު ކިއާރާއަށް ލޯބިން ދިމާކުރި މަންޒަރު އާންމުންނަށް ވަނީ ފާހަގަވެފަ އެވެ. ހަމައެހެންމެ ދެ މީހުން އަނެއްކާ ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާންމުންނަށް ހާމަވި އެވެ.
ސިދްހާރްތް އާއި ކިއާރާ، އެދެމީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ މިހާތަނަށް އާންމުންނާ ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ދެ ފަންނާނުން ވެސް އެ ދެފަންނާނުންގެ ގުޅުމުގެ ވާހަކަތައް އިންކާރުކޮށްފައެއް ވެސް ނުވެ އެވެ.
ހަމައެހެންމެ މިފަހުން އެދެތަރިންގެ ގުޅުން ހީނަރުވެ، ވަކިވި ފަދަ ވާހަކަތަކެއް އަޑުއިވުމާއި ގުޅިގެން ދެތަރިންގެ ފޭނުން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ދެ ތަރިންނަކީ އޮން ސްކްރީންގައި ވެސް ގުޅޭ ދެތަރިންކަން ފާހަގަކޮށް، ދެ ތަރިން ވެސް އަލުން ގުޅުމަށް ފޭނުން ދިޔައީ އެދެމުންނެވެ.
ދެތަރިންގެ ގުޅުން އަލުން ބަދަހިވާތަން ފެނި އެދެތަރިންނަށް ލިބެމުންދާ ތަރުހީބު މިހާރު ދަނީ އިތުރުވަމުންނެވެ.
އެ ދެމީހުންގެ ގުޅުމާ ގުޅޭގޮތުން މީގެ ކުރިން ސިދާރްތް ބުނެފައި ވަނީ ދެ ފަންނާނުންނަކީ ވެސް ފިލްމު އިންޑަސްޓްރީގެ ބޭރުން ހާއްސަ ގުޅުމެއް ގެންގުޅޭ ދެ ފަންނާނުން ކަމަށެވެ.
"ދަ ވެމްޕަޔާ ޑައިރީސް"ގެ ތަރި އިއާންގެ އާ ދިރިއުޅުން!
"މާސްޓާސް ޓީޗަރުންގެ މުސާރަ ކުޑަކުރީ އެމްޑީޕީ ސަރުކާރުން"
"އަލްފާ"އާއެކު އާލިއާ ބޮލީވުޑްގެ އެންމެ އުހަށް!
