ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ދެ މަސް ބޯޓެއް އަތުލައިގެންފި އެވެ.
އެމްއެންޑީއެފްއިން ބުނީ ދެ ބޯޓު އަތުލައިގެންފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް "ހުރަވީ" ކުރަމުންދިޔަ ޕެޓްރޯލެއްގެ ތެރެއިން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މި ދެ ބޯޓު އަތުލައިގަތީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ސައްކުކުރެވިގެން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެހެންނަމަވެސް މި ދެބޯޓަކީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓުތަކެއް ކަމެއް، އަދި އޭގައި ތިބި މީހުންގެ އަދަދެއްވެސް އެމްއެންޑީއެފްއިން އަދި ހާމަކޮށްފައެއްނުވެ އެވެ.
އެމްއެންޑީއެފުން ބޭރުގެ މަސްބޯޓުތަކެއް ހިފަހައްޓާފައިވާއިރު ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޫކުރާނެ ގޮތްތައް ކަނޑައަޅައި ގަވާއިދެއް ފިޝަރީޒް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.
އެއްބަސްވުމާއެކު އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާވާނެ
އުރުގުއޭ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
"ގަދަރް"އަށް 25 އަހަރު: އަދިވެސް އެންމެ ކާމިޔާބު އެއް ފިލްމު!