75 ވަނަ "މިސް ޔުނިވާސް" ރީތީގެ މުބާރާތުގެ ތާޖު، ޕުއެޓޯ ރިކޯ އަށް ނިސްބަތްވާ 27 އަހަރުގެ ޖެނިފާ ބެރެޓޯ ކާމިޔާބު ކޮށްފި އެވެ. އޭނާ މި ކާމިޔާބީ ހޯދާފައިވަނީ އަމިއްލަ ގައުމު، ޕުއެޓޯ ރިކޯގައި ބޭއްވި މުބާރާތުގެ ފައިނަލްގަ އެވެ.
އަމިއްލަ ގައުމުގެ ރައްޔިތުންނާއި ސަޕޯޓަރުންގެ ކުރިމަތީގައި، މިސް ޔުނިވާސް 2026ގެ ތާޖު ޖެނިފާ ބެރެޓޯ ކާމިޔާބު ކުރުމަކީ ޕުއެޓޯ ރިކޯގެ ފެޝަން އަދި ރީތީގެ މުބާރާތްތަކުގެ ތާރީހުގައި ފާހަގަކޮށްލެވޭ ކަމެކެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ގިނަ އަދަދެއްގެ ބައިވެރިން ވާދަކުރި މި މުބާރާތުގައި، ޖެނިފާ ވަނީ އޭނާގެ އަމިއްލަ ގައުމުގެ ސަގާފަތާއި ތާރީހު ދައްކުވައިދީފަ އެވެ.
މިސް ޔުނިވާސް 2026ގެ ވާދަވެރި މަރުހަލާ ތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި ބައިވެރިން ވާދަކުރި އެވެ. އެގޮތުން، މި މުބާރާތުގައި އިންޑިއާ ތަމްސީލުކުރި ކެޒިއާ ލިޒް މޭޖޯ ވަނީ ގަދަ 12 އަށް ހޮވިފަ އެވެ.
ޖެނިފާގެ ކާމިޔާބީއާއެކު ޕުއެޓޯ ރިކޯގެ ސަޕޯޓަރުންނާއި މުބާރާތް ބެލުމަށް އެއްވި މީހުން ވަނީ އެ ސަރަހައްދުގައި ވަރަށް ބޮޑަށް އުފާ ފާޅުކޮށްފަ އެވެ.
އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތެއްގައި އެ ގައުމުގެ ބައިވެރިއަކަށް ލިބުނު މި ކާމިޔާބީއަކީ، ކުރިއަށް އޮތް ޖީލުތަކުގެ ބައިވެރިންނަށް ވެސް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
ޓޭލާއަށް "މީން ގާލް" އަދި "ވިކްޓިމައިޒާ"ގެ ތުހުމަތު ތަކެއް!
ޖަސްޓިންގެ ހަޔާތުގެ މައްޗަށް ޑޮކިއުމެންޓްރީއެއް ނެރެނީ!
ދިލްޖީތުގެ ކޮންސެޓަށް ބޮމުގެ އިންޒާރެއް، ތަހުގީގު ކުރިއަށް!