ގުރީން ޓީ އަކީ ސިއްހަތަށް ވަރަށްވެސް ފައިދާ ހުރި އަދި އާދަކޮށް ބޭނުން ކުރުން ކޮންމެހެންވެސް މުހިއްމު ބުއިމެކެވެ. އެއީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓާއި ހަށިގަނޑަށް ބޭނުންވާ އެހެނިހެން މުހިއްމު މާއްދާތަކެއްވެސް އެކުލެވިގެންވާ މީރު ބުއިމެކެވެ.
ހާއްސަކޮށް އަންހެނުންނަށް ކުރިމަތިވާ އެކި ކަހަލަ ބަލިތަކުން ދުރުކޮށްދޭ އެއްޗަކަޓް ގްރީން ޓީވެ އެވެ.
އުރަމަތީ ކެންސަރު
ދިރާސާއަކުން ދައްކާ ގޮތުގައި އާދަކޮށް ކޮންމެ ދުވަހަކުވެސް ގުރީން ޓީ ބުއި އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަ އެވެ. އަދި މިއީ އަންހެނުންގެ މެދުގައި އެންމެ އާއްމު އެއް ކެންސަރުގެ ބާވަތްކަމުން ގުރީންޓީ އަކީ އަންހެނުން ކޮންމެހެންވެސް ބޭނުން ކުރުން މުހިއްމު އެއްޗެއް ކަމަށް ބުނެވެ އެވެ.
އޮވޭރިއަން ކެންސަރު
އޮވޭރިއަން ކެންސަރަކީ އަންހެނުންގެ މެދުގައި އެންމެ އާއްމު އެއް ކެންސަރުގެ ބާވަތެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު އެއް ތަށި ގުރީން ޓީ ބުއި މީހުންނަށްވުރެ ދުވާލަކު ފަސް ތަށްޓަށް ވުރެ ގިނަ ތަށި ގުރީން ޓީ ބުއި މީހުންނަށް އޮވޭރިއަން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަ އެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ފަސް ތަށްޓަށް ވުރެ ގިނަ ގުރީން ޓީ ބުއިމަށް އާދަ ކުރަމާ ހިނގާށެވެ.
ޕެންކުރިއޭޓިކު ކެންސަރު
ގިނަ އަދަދެއްގެ ބަޔަކު ހިމަނައިގެން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި ގުރީން ޓީ އާދަކޮށް ބޭނުން ނުކުރާ މީހުންނަށްވުރެ އާދަކޮށް ބޭނުން ކުރާ މީހުންނަށް ޕެންކުރިއޭޓިކު ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަ އެވެ. އަދި ހާއްސަކޮށް އާދަކޮށް ގުރީންޓީ ބޭނުން ކުރާ އަންހެނުންގެ މެދުގައި ޕެންކުރިއޭޓިކު ކެންސަރު ޖެހުމުގެ ފުރުސަތު 50 އިންސައްތަ ކުޑަ ކަމަށްވެސް ދިރާސާއިން ދައްކަ އެވެ.