ކޭ-ޕޮޕްގެ އެންމެ މަޝްހޫރު އެއް ގްރޫޕް ކަމަށްވާ ބީޓީއެސްގެ ހުރިހާ މެންބަރުން ދެކުނު ކޮރެއާގެ ގާނޫނުގެ ދަށުން ލާޒިމުކުރާ އަސްކަރީ ވާޖިބުތައް އަދާކުރާނެ ކަމަށް އެ ބޭންޑުގެ އެޖެންސީން ބުނެފި އެވެ.
ބިގް ހިޓް މިއުޒިކުން ބުނީ އެ ބޭންޑްގެ އެންމެ ދޮށީ މެމްބަރު ޖިން އޭނާގެ ހިދުމަތް ލަސްކުރުމަށް އެދުނު އެދުން ކެންސަލްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބީޓީއެސްގެ އިތުރު ހަ މެންބަރުން ވެސް އަސްކަރިއްޔާގައި ހިދުމަތް ކުރަން ރާވާފައިވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
އެ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މީހުންގެ އަސްކަރީ ހިދުމަތަށް ފަހު އަލުން ބޭންޑެއް ގޮތުގައި 2025 ވަނަ އަހަރު މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ބީޓީއެސްގެ މެންބަރުން އަސްކަރީ ހިދުމަތް ފަށާނެ ތާރީހެއް އެ ގުރޫޕަކުން ހާމަކޮށްފައެއް ނުވެ އެވެ.
މި ހަފްތާ ބަންދުގައި ކޮރެއާގެ ބުސާންގައި ބޭންޑްގެ މެމްބަރުން އެކުގައި ޕާފޯމްކޮށްފައިވާއިރު އެއީ އަސްކަރީ ހިދުމަތްތަށް ދިއުމުގެ ކުރިން އެ މީހުން ޕާޕޯމް ކުރި އެންމެ ފަހު ފަހަރެވެ.
ހައިބްއަކީ ބިގް ހިޓްގެ ބެލެނިވެރި ކުންފުންޏެވެ. ހިއްސާދާރުންނަށް ފޮނުއްވި ސިޓީއެއްގައި ހައިބޭގެ ސީއީއޯ ޕާކް ޖިވޮން ބުނެފައި ވަނީ ބީޓީއެސްގެ އަސްކަރީ ހިދުމަތާ ގުޅޭ މާލީ ކަންބޮޑުވުންތަކެއް އުފެދިގެން ނުވާނެ ކަމަށެވެ.
އޭނާ ބުނީ ކޭ ޕޮޕް ގްރޫޕް ނިއުޖީންސް ފަދަ ކާމިޔާބު އެހެން ފަންނާނުންނާއި، ހުޅަނގުގެ ޕާފޯމަރުން ކަމަށްވާ ޖަސްޓިން ބީބާ އާއި އެރިއާނާ ގްރާންޑޭ ފަދަ ކާމިޔާބު އެހެން ފަންނާނުން ވެސް އެ ކުންފުނިން ސޮއިކޮށްފައިވާ ކަމަށެވެ.
މިކަން އިއުލާންކޮށްފައިވަނީ ދެކުނު ކޮރެއާގެ ކޮމިޝަނަރު އޮފް މިލިޓަރީ މެންޕަވަރ އެޑްމިނިސްޓްރޭޝަން، މި މަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބުނެފައި ވަނީ ބީޓީއެސްގެ މެމްބަރުން އަސްކަރިއްޔާގައި ހިދުމަތް ކުރުމަކީ "އެދެވޭ ކަމެއް" ކަމަށެވެ. އަދި އެއީ އިންސާފުވެރިކަމުގެ ޔަގީންކަން ލިބޭނެ ކަމެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އަސްކަރިއްޔާއާ ގުޅުމަށްފަހު ޖިން އާއި ބީޓީއެސްގެ އެހެން މެމްބަރުންނަށް ޔުނިޓްތަކަށް ހަވާލުކުރުމުގެ ކުރިން ފަސް ހަފްތާގެ ކޮމްބަޓް ޓްރެއިނިން ލިބޭނެ ކަމަށް އަސްކަރީ އޮފިޝަލުން ބުނެ އެވެ.
އެ އޮފިޝަލުން ބުނީ މި ލަވަކިޔުންތެރިން ވެސް ކުރިއަށް ދާނީ ދެކުނު ކޮރެއާގެ އެހެން ފިރިހެނުންނާ އެއްގޮތަށް ކަމަށެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން އަހަރުތަކެއް ވަންދެން މުނިފޫހިފިލުވުންތެރިން ހަވާލުކޮށްފައިވަނީ އަސްކަރިއްޔާއަށް ބޭނުންވާ ރޭޑިއޯ އާއި ޓީވީ މެޓީރިއަލް އުފެއްދުމާ ގުޅުންހުރި މަސައްކަތްތަކަށެވެ.
ބީޓީއެސްގެ މެމްބަރުން ސިފައިންގެ ތެރޭގައި ހިމެނިދާނެ ކަމުގެ ފުރުސަތު ދެކުނު ކޮރެއާގައި ވަރަށް ބޮޑަށް ބަހުސް ކުރެވެމުން ދިޔަ އެވެ. ޖިންއަށް ޑިސެމްބަރު މަހު 30 އަހަރު ފުރޭއިރު، އެ އުމުރުގައި ފިރިހެނުންނަށް އަސްކަރިއްޔާއަށް ވަނުން ދެން ލަސް ނުކުރެވޭނެ އެވެ. އަދި އެހެން މެމްބަރުންގެ އުމުރަކީ 25 އަހަރާއި 29 އަހަރާ ދެމެދެވެ.
ދެކުނު ކޮރެއާގެ ގާނޫނުގެ ދަށުން ގިނަ ފިރިހެނުން 18 މަހާއި 21 މަހާއި ދެމެދުގެ މުއްދަތަކަށް އަސްކަރީ ޚިދުމަތް ކުރަން ޖެހެ އެވެ. ބައިނަލްއަގްވާމީ ވަކި މުބާރާތްތަކުގައި ރަނގަޅު ނަތީޖާއެއް ދައްކާ އެތުލީޓުންނާއި ފަންނާނުންނަށް ހާއްސަ އިސްތިސްނާތަކެއް ދީފައިވެ އެވެ.