ސޯލް (24 އޮކްޓޯބަރު) - އުތުރު އަދި ދެކުނު ކޮރެއާގެ ދެމެދުގައި މިސައިލް ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

އެގޮތުން އުތުރު ކޮރެއާއިން ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ދެކުނު ކޮރެއާއާ އަމާޒުކޮށް 10 އާޓިލަރީ ޝެލްސް މިސައިލް ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އުތުރު ކޮރެއާއިން މި ހަމަލާތައް ފޮނުވާލީ އެ ދެ ގައުމުގެ މެރިޓައިމް ބޯޑަރު ހުރަސްކޮށް ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ވަތް ދެކުނު ކޮރެއާގެ އުޅަނދަކަށް އިންޒާރު ދިނުމުގެ ގޮތުން އެ ގައުމުން ވެސް ހަމަލާތަކެއް ދީފައި ވަނިކޮށެވެ.

"މިއަދު ހެނދުނު 5:05 ގައި އުތުރު ކޮރެއާއިން ވަނީ އާޓިލަރީ ޝެލްސް މިސައިލް ތަކެއް ފޮނުވާލާފައި،" އުތުރު ކޮރެއާގެ އަސްކަރިއްޔާއިން ހާމަކޮށްފައިވެ އެވެ.

ދެ ގައުމު ގުޅޭ މެރިޓައިމް ބޯޑަރާ ގުޅިގެން ނުތަނަވަސްކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ދެ ގައުމުން ވެސް ގެންދަނީ ވަރަށް ހަރުކަށި ކަމާއެކު އެ ގައުމެއްގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންނެވެ.