ރާއްޖޭގެ މޫދު އަޑީގައި ބޭރުގެ ޑައިވަރުންތަކެއްގެ މެދުގައި ހިންގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ "މޯލްޑިވްސް ލެޖެންޑް" ލިވަބޯޑާއި "އިންފިނިޓީ އެކްސް" ގެ ޑައިވިން ޓީމުތަކާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި ހިނގި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި ވަކި ފަރާތަކަށް ނުޖެހި، ކަމާބެހޭ އިދާރާތަކުން މި މައްސަލައިގެ ފުރިހަމަ އަދި ސީރިއަސް ތަހުގީގެއް ހިންގަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.
ހަމައެއާއެކު މި ހާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ، އިންސާފުވެރި އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ފުލުހުންނަށާއި، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި މުއައްސަސާތަކަށް އެންބީއޭއެމްއިން ވަނީ ގޮވާލާފަ އެވެ. އަދި ކަންހިނގި ގޮތް ސާފުނުވަނީސް އަވަސްއަރުވާލައިގެން ނިންމުންތައް ނުނިންމުމަށާއި، ވަކި ބައެއްގެ އަމަލުތަކެއްގެ ސަބަބުން މުޅި ރާއްޖޭގެ ބޯޓިން އަދި ޑައިވިން ސިނާއަތުގެ އަގުވެއްޓޭ ގޮތަށް ނުވަތަ ރާއްޖެއަކީ ޑައިވްކުރުމަށް ރައްކާތެރި މަންޒިލެއް ނޫން ކަމަށް ދެއްކުމަށް މަސައްކަތް ނުކުރުމަށް ވެސް އިލްތިމާސްކުރި އެވެ.
މި ހާދިސާ ހިނގާފައި ވަނީ މަޝްހޫރު ޑައިވިން ސްޕޮޓެއް ކަމަށްވާ އދ. އަތޮޅު "ކުޑަރަހަ ތިލަ" ކައިރީގަ އެވެ.
ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ކަނޑުގެ 18 މީޓަރު އަޑީގައި ބޭރުގެ ޑައިވަރަކު ޗައިނާގެ އިންސްޓްރަކްޓަރެއްގެ ގައިގައި ޖަހައި ކޮއްޕައި، އޭނާގެ އޮކްސިޖަން މާސްކު ދަމައިގަންނަން މަސައްކަތްކުރި މަންޒަރު ފެނެ އެވެ.
ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވަހި ހުޅުވައިފި
އެމްޑީޕީން ފެންނަނީ ހަރުކަށި ގައުމިއްޔަތުގެ ޝިއާރުތަކެއް: ނަޝީދު
ބީއެމްއެލް އިން 25،000ރ. ލިބޭ ޕްރޮމޯޝަނެއް