މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އެ އޮފީހުގެ އެކްޓިން ސީއީއޯ ސުޖާތާ ހަލީމް މިއަދު އައްޔަންކޮށްފި އެވެ.
ސުޖާތާ ހަލީމަކީ އެ އޮފީހުގެ އެކްޓިން ސީއީއޯގެ މަގާމު ފާއިތުވި ދެ އަހަރު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޗީފް އޮފްރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމުގެ ވެސް އަދާކުރައްވާފައެވެ.
ރާއްޖޭގައި ދެމެހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އެންމެ ކުރީގައި މެދުނުކެނޑި 16 އަހަރު ވަންދެން ސުޖާތާ ވަނީ ޚިދުމަތް ކުރައްވާފައެވެ.
އެގޮތުން ވޯލްޑް ބޭންކުން ރާއްޖޭގައި ކުރިއަށްގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގެވުން ހިމެނެ އެވެ.
މީގެއިތުރުން ރާއްޖޭގައި ޕެންޝަނާ ބެހޭ ގާނޫނު އެކުލަވާލުމަށް ކުރި މަސައްކަތުގައި އޭނާ އިސް ދައުރެއް އަދާކޮށްފައިވެ އެވެ.
1000 ޑޮލަރަށް ބިޔޯންސޭ މި ވިއްކާލަނީ ހުުސް ލަކުޑި ފޮށްޓެއް!
އިންތިހާބުން ބަލިވި ނިޒްލީއަށް އެޗްޑީސީން ބޮޑު މަގާމެއް ދީފި
އެލްނިނޯގެ ބާރުގަދަވާނެކަމުގެ އިންޒާރު ޑަބްލިއުއެމްއޯއިން ދީފި
