މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގެ ނޫސްވެރިންނަށް ކޮންމެ އަހަރަކު ދެމުންދާ އެވޯޑުތަކުގެ ތެރެއިން އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް އާމިނަތު ޝިފްލީން ހޮވިއްޖެ އެވެ.

ހަވީރު ނޫހާއި މިހާރު ނޫހުގައި މަސައްކަތްކޮށްފައިވާ ޝިފްލީން މިހާރު މަސައްކަތް ކުރަނީ ދައުރު ނޫހުގަ އެވެ. އެންމެ އުންމީދީ ނޫސްވެރިޔަކަށް ހޮވިފައި ވަނީ މިދިޔަ އަހަރު ސަން އޮންލައިންގައި މަސައްކަތް ކުރި އާލިމް އަބްދުއްލަތީފެވެ. އޭނާ މިހާރު މަސައްކަތް ކުރަނީ މިހާރު ނޫހުގަ އެވެ.

ލިބުނު އެހެނިހެން އެވޯޑްތައް

އިޖުތިމާއީ ދާއިރާ - މުހައްމަދު ހަމްދޫން (މިހާރު)

ސިޔާސީ ދާއިރާ - ފަޒީނާ އަހުމަދު (މިހާރު)

ޝަރުއީ ދާއިރާ - ޝަފްނާ ހުސެއިން (ދައުރު)

ވިޔަފާރީގެ ދާއިރާ - އަހުމަދު ނާއިފް (ދައުރު)

ކުޅިވަރުގެ ދާއިރާ - މުހައްމަދު އައްޒާމް (އަދަދު)

ވީޑިއޯ ޖާނަލިޒަމް - އަހުމަދު އަލީ

ފޮޓޯ ޖާނަލިޒަމް - ނިޝާން އަލީ (މިހާރު)

ގްރެފިކްސް އެންޑް އިލަސްޓްރޭޝަންސް ދާއިރާ - އަބްދުﷲ ޝަފީއު (އަދަދު)

ފީޗާ ލިޔުމުގެ ދާއިރާ - ނަޖާހް މަސްއޫދު (މިހާރު)

މިދިޔަ އަހަރު ބްރޯޑްކާސްޓިންގެ ބައިން އެކަށީގެންވާ ފެންވަރު ހުރި ހުށަހެޅުމެއް ހުށަހަޅާފައިނުވާތީ އެ ދާއިރާއިން އެވޯޑު ދީފައެއްނުވެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަން ކޮށްފައިވާ ޑރ. އަލީ ރަފީގާއި މަޑުލު މުހައްމަދު ވަހީދަށް "ހަޔާތީ އަރުތަ" ގެ ނަމުގައި އެ އެވޯޑެއް ވެސް ވަނީ ދީފަ އެވެ.