ތިނަދޫ ސިޓީގެ ދެކުނު ސަރަހައްދުގައި އޮންނަ ކުޅިއަށް ކެމިކަލް ފެނާއި، ސިމެންތި މިކްސް އަދި ކޮންސްޓްރަކްޝަން ސައިޓުން ބޭރުކުރާ ކުނި އެޅުމުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި ޖުރިމަނާކޮށްދޭން އެދި، ތިނަދޫ ސިޓީ ކައުންސިލުން އެންވަޔަރަމަންޓް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ އެ ސިޓީގެ ދެކުނު ފަރާތުގައި އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ 50 ހައުސިން ޔުނިޓްގެ މަޝްރޫއު ކުރިއަށް ގެންދާއިރު ކޮންކްރީޓް ކުރުމުގައި ކައުންސިލްގެ ހުއްދަ ނެތި ގަސްތުގައި އެ ސަރަހައްދުގައި އޮތް 6،923 ސްކޮއާ ފޫޓުގެ ކުޅިއަށް ޑީ ވޯޓަރިން ކުރުމުގެ ސަބަބުން ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ.
އެގޮތުން ތިމާވެއްޓާއި ރައްޓެހި މާހައުލުތައް ހިމާޔަތްކޮށް ބޭއްވުމަށް ޒުވާނުން ގިނަ މަސައްކަތް ކުރަމުންދާއިރު ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުޅި ތެރެއަށް ކެމިކަލް ހުރި ފެންތަކާއި ސިމެންތި އެކުލެވިފައިވާ ފެންތައް އެޅުމުގެ ސަބަބުން އެކަން ވަނީ ކައުންސިލްގެ ސަމާލުކަމަށް ބަޔަކު ގެނެސްފައި ކަމަށް އެ ކައުންސިލުން ބުންޏެވެ.
ހަމައެއާއެކު އެފަދަ ކަންކަމަކީ ޒިންމާދާރު ފަރާތްތަކުން އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުންޏެވެ.
އެހެންކަމުން އެ ކުންފުނިން ގަވައިދާ ހިލާފުވެފައި ވާތީ ޖޫރިމަނާކޮށް، ފިޔަވަޅު އަޅައިދިނުމަށް އެދި އެންވަޔަރަމަންޓް މިނިސްޓްރީއަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.
އަޅުގަނޑު ޖަލަށްލާނަމަ، ރައީސް މުއިއްޒު ވެސް ޖަލަށްލާންޖެހޭ
ހަލާލް ޓޫރިޒަމް ފުޅާކުރަން އައިސީސީޑީއާއެކު މަޝްވަރާކުރައްވައިފި
އެމެރިކާގެ ހަމަލާތަކަށް އީރާނުން ރައްދުގައި މިސައިލް ހަމަލާތަކެއް