އަންނަ އާދިއްތަ ދުވަހު ގަތަރްގައި ފަށާ ފީފާ ވޯލްޑް ކަޕް 2022، ދިވެހިންނަށް ބޮޑު ސްކްރީންގައި ހިލޭ ނުބެލޭނެ ކަމަށް މީޑިއާ ނެޓުން ބުނެފި އެވެ.
މީޑިއާ ނެޓުން ބުނީ އެ ކުންފުނީގެ ހުއްދަ ނެތި ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑްކަޕްގެ މެޗްތައް ދެއްކުމަކީ މަނާ ކަމެއް ކަމަށެވެ.
ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑް ކަޕް މެޗުތައް ބެލުމުގެ މަސައްކަތް ކުރުމުގައި އިސްކޮށް އުޅޭ މީހުންނަށް މީޑީއާނެޓުން އަންނަނީ ވަކިވަކިން ސިޓީ ފޮނުވަމުންނެވެ.
މީޑީއާ ނެޓުން ބުނީ ޕީޕާ ވޯލްޑް ކަޕްގެ މެޗުތައް ރާއްޖޭގެ ސަރަހައްދުގައި ދެއްކުމަށް ބޭނުންވާ "މީޑިއާ ރައިޓްސް ލައިސެންސް" ފީފާގެ ފަރާތުން ލިބިފައި ވަނީ މީޑިއާ ނެޓަށް ކަމަށެވެ.
ފީފާގެ ހުއްދައާ އެކު މީޑިއާނެޓުން ފީފާ ވޯލްޑް ކަޕްގެ މެޗުތައް ރާއްޖޭގެ ސަރަހައްދުގައި ދެއްކުމުގެ ސަބްލައިސަންސް ދީފައި ވަނީ ޕީއެސްއެމް، ރާއްޖެ ޓީވީ އަދި އައިސް ޓީވީ އަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީޑިއާ ނެޓުން ބުނީ ސިޓީ ހޯޓާ، ރެސްޓޯރަންޓު ފަދަ ވިޔަފާރިތަކުން މުބާރާތުގެ މެޗުތައް ދެއްކުމަށް ބޭނުންވާ ކޮމާޝަލް ހުއްދަ އެކަމަށް އެދޭ ފަރާތްތަކަށް އެ ކުންފުނިން ދޫކުރާނެ ކަމަށެވެ.
ސްޓްރީމިން ނުވަތަ ފްރީ-ޓު-އެއާގެ ގޮތުގައި ފީފާ ވޯލްޑް ކަޕްގެ އެއްވެސްް މެޗެއް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަކީ ސަބްލައިސެންސް ދީފައިވާ ފަރާތްތަކަށް ވެސް ހުއްދަ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ.
ވޯލްޑްކަޕްގެ އެއްވެސް މެޗެއް ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތަކުން ނުވަތަ އިންޓަނެޓް ގެ ޒަރީއާ އިން ބޭނުންކުރެވޭ އެއްވެސް ވަސީލަތަކުން ވަގުތުން ދެއްކުމަކީ ވެސް މަނާކަމެއް ކަމަށް އެ ކުންފުނިން ވަނީ ހަނދާންކޮށްދީފަ އެވެ.
ގަވާއިދާ ހިލާފަށް ވޯލްޑް ކަޕް ދައްކާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް މީޑިއާ ނެޓުން ބުންޏެވެ.
މިފަހަރު މީޑިއާނެޓް ޖެހޭނީ ހަމަބިމަށް ތިރިވާން….އަލަކަށް ނޫން ވޯލްޑްކަޕް މިދައްކަނީކީ…. ތިޔަ ކުޅެވެނީ ރައްޔިތުންގެ ލެޔާ…
މީޑިއާނެޓުގެ ދަހިވެތިކަން މިނަށްވުރެން ބޮޑުވެއްޖެނަމަ އެ ޚިދުމަތް ހޯދޭނެ އެހެން ގޮތްތައް މިހާރު މަދެއްނޫން.
މީޑިއާނެޓް ބޯއިކޮޓް ކުރާނަން
ނުހުޓުވޭނެ، ރަށުތެރޭގެ އެހެން ކަމަކާ އުޅޭ، މީގެ ކުރިނެވެސް ތިކަން ހުއްޓުވަން އުޅުނު، ހުއްޓުވުނުތޯ