މީގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައިނުވާ މަސްތުވާތަކެތީގެ ބާވަތެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއާ މެދުވެރިކޮށް ބަހްރެއިން އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި, ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަންއަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. މިއީ މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ފުރަތަމަ ފަހަރު ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 604.50 ގްރާމް ހުރިކަމަށާ، މިތަކެތި ވަނީ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.
އަސަދުﷲގެ ކުންފުންޏަށް ވެސް 87.3 މިލިއަންގެ މަޝްރޫއު ބަހާލާފައިވޭ
މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން 241 ކޮމިޓީން ލަފާދީފި
ލިޓަސް އޮޓޯ މޯބައިލްއަށް ވެސް 40 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް