ކައްދޫ އެއާޕޯޓްސް ކޮމްޕެނީއަށް ނިމިދިޔަ އަހަރު 29.5 މިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިލާންޖެހި، އެ ކުންފުންޏަށް ފާއިތުވި އަހަރުތަކުގައި ލިބުނު ޖުމްލަ ގެއްލުމުގެ އަދަދު 325 މިލިއަން ރުފިޔާއަށް އަރައިފި އެވެ.
އޮޑިޓް އޮފީހުން އާންމުކުރި މާލީ ހިސާބުތަކުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 11 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކުންފުނީގެ ހިންގުމުގެ ހަރަދުތައް ވަނީ 38.7 މިލިއަން ރުފިޔާއަށް އަރާފަ އެވެ. ކުންފުނީގެ ޖުމްލަ އެސެޓްގެ އަންދާޒާއަކީ 56 މިލިއަން ރުފިޔާ އެވެ.
ޑޮމެސްޓިކް ދަތުރުތަކުގެ އިތުރުން އަސްކަރީ އޮޕަރޭޝަންތަކަށް ވެސް ބޭނުންކުރާ ކައްދޫ އެއާޕޯޓުގެ ހުރިހާ އެސެޓްތަކެއް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ ދަށަށް ބަދަލުކުރުމަށް މި އަހަރުގެ އޭޕްރީލް 20 ގައި ކައްދޫ އެއާޕޯޓްސް ބޯޑުން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ލ. ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން މިދިޔަ އަހަރު ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ. މި މަޝްރޫއު ނިމޭއިރު އެއާޕޯޓުގައި 2.8 ކިލޯމީޓަރުގެ ރަންވޭއެއް ގާއިމުކުރާނެ އެވެ.
އަމިއްލައަށް އެދިގެން 107 މުވައްޒަފުން ވަކިވެއްޖެ: ފެނަކަ
މެންބަރުން ތިބީ ބަނދެލާފައި އޮތް ދަރު ބޮނޑިއެއްހެން: އަބްދުރަހީމް
ލުއި ލޯނާއި ކްރެޑިޓް ކާޑު ދަރަނި 9.2 ބިލިއަން ރުފިޔާއަށް އަރައިފި