ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރުއެޅުމުގެ ގޮތުން ދިރާގާއި ސީޑް އިނީޝިއޭޓިވް ގުޅިގެން މަސައްކަތްކުރަން ނިންމައިފި އެވެ.
ސައިންސް، އެކްސްޕްލޯ، އެކްޓް އެންޑް ޑިސްކަވާ (ސީޑް) އަކީ ތިމާވެށީގެ ދާއިރާއިން ތައުލީމާއި އަމަލީ ތަޖުރިބާ ފޯރުކޮށްދޭން މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ޝިއާރުގެ ދަށުން ސީޑް އިނީޝިއޭޓިވްގެ ހުޅުމާލެ އާބަން ހަބަށާއި އެކި ރަށްރަށުގައި ހިންގާ ހަރަކާތްތަކަށް ދިރާގުން ކަނެކްޓިވިޓީގެ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މި ޕްރޮގްރާމްގައި ހުޅުމާލެ، ކ. ކާށިދޫ އަދި ބ. ގޮއިދޫގައި ކަނޑުފަޅުތަކާ ބެހޭ ހާއްސަ ސެޝަންތަކާއި މޫދުގައި އަމަލީ ހަރަކާތްތައް ހިންގާނެ އެވެ. އަދި މެރިން ބައޮލޮޖިސްޓުންގެ އެހީތެރިކަމާއެކު ކަނޑުގެ ދިރުންތަކުގެ ނިޒާމާއި، މޫދުވިނަ، ޗަސްބިންތައް އަދި އީކޯސިސްޓަމް އާލާކުރުމުގެ މައުލޫމާތު ދިނުން ވެސް ކުރިއަށްދާނެ އެވެ. ހަމައެއާއެކު ސިޓިޒެން ސައިންސްގެ ޒަރީއާއިން މައުލޫމާތު އެއްކޮށް، ކަނޑުފަޅުތައް ރައްކާތެރިކުރުމަށް ޒުވާނުން ބާރުވެރިކުރުވުން ވެސް މި ޕްރޮގްރާމްގައި ހިމެނެ އެވެ.
ދިރާގުން ބުނި ގޮތުގައި، ޒުވާނުންނަށް ކަނޑުފަޅުގެ މާހައުލާ ބެހޭ މައުލޫމާތު އުނގަންނައިދީ އަމަލީ ތަޖުރިބާގެ ފުރުސަތު ފަހިކޮށްދިނުމަކީ ތިމާވެށި ހިމާޔަތްކުރުމަށް އެ ކުންފުނިން ދޭ އިސްކަމުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ރެކޯޑް މުއްދަތަކަށް އިންސާނެއްގެ ހަށިގަނޑުގައި އޫރު ކިޑްނީއެއް!
ނިމިދިޔަ އަހަރުވެސް ކައްދޫ އެއާޕޯޓަށް 29.5 މިލިއަންގެ ގެއްލުމެއް
އަލިފާން ފަރުބަދަ ގޮވުމުން ޖަކާޓާގެ ފްލައިޓްތައް މެދުކަނޑާލައިފި