ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ ދެ ބޯޓެއްގައި އަލިފާން ރޯވެ އަނދަން އަނދަމުން އެބަދެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރަށު ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު ލ. ކައްދޫ ފަޔާ ސްޓޭޝަނަށް ލިބިފައިވާ ކަމަށެވެ.
އަލިފާން ނިއްވުމަށްޓަކައި ސިފައިން މިހާރު އެރަށަށް ދަތުރުކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ވިލުފުށީ ބަނދަރުގައި އަޅާފައި އޮތް އެ ދެ ބޯޓުގައި އަލިފާން ރޯވެފައި ވަނީ މިއަދު އިރުއޮއްސި 6:00 ހާއިރު ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އާންމު ރައްޔިތުންނާއި ވިލުފުށީ ކައުންސިލުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.