އަންނަ ހޮނިހިރު ދުވަހު ބާއްވާ މީޑިއާ ކައުންސިލުގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް އާއްމުކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަމާއި ނަންބަރު މިހާރު ވަނީ ތަރުތީބުކޮށްފަ އެވެ.

މީޑިއާ ކައުންސިލަށް މީޑިއާތަކުން ވާދަކުރާ ކެންޑިޑޭޓުން

1- އަހުމަދު އާޒިފު - ސަން އޮންލައިން

2- މުހައްމަދު އަފްޟަލް - ދީނުގެ މަގު

3- މޫސާ ރަޝީދު - މިހާރު އޮންލައިން

4- މުހައްމަދު ސިމާޢު - ވަން އޮންލައިން

5- ޝިމްލާ އަހުމަދު - އޭއޯ ނިއުސް

6- މުހައްމަދު އަފްރާހު - ތިލަދުން

7- އަލީ ނިޝާން - އާފަތިސް އޮންލައިން

8- ހުސައިން ޝަރީފް - ވަގުތު އޮންލައިން

9- އަހުމަދު މުސްތަފާ - ޕަބްލިކް ސާވިސް މީޑިއާ

10- މުހައްމަދު ފަޟްލޫން - ސަންގު ޓީވީ

މީގެއިތުރުން އަމިއްލަގޮތުންވެސް ވަނީ 12 ކެންޑިޑޭޓަކު ވާދަކޮށްފަ އެވެ. އަމިއްލަގޮތުން ހޮވާ މެމްބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނަށެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކައުންސިލްގައި ތިއްބަވާ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 14 ވަނަދުވަހަށް ހަމަވާތީ އެވެ. ދައުރު ހަމަވަނީ މީޑިއާތައް ތަމްސީލުކުރާ 7 މެމްބަރަކާއި އާއްމުންގެ ތެރެއިން ކައުންސިލަށް އިންތިޚާބުވި 6 މެމްބަރެއްގެއެވެ.