ދޯހާ (29 ނޮވެމްބަރު) – ބްރޫނޯ ފެނާންޑޭޒްގެ ދެ ލަނޑާއެކު ފީފާ ވޯލްޑް ކަޕްގައި ރޭ އުރުގުއޭ އަތުން 2-0 އިން މޮޅުވެ، ޕޯޗުގަލް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އުރުގުއޭއަށެވެ. އެ ޓީމުގެ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަންކޫރް އަށް ލިބުނު ރަނުގެ ފުރުސަތަށް ހުރަސްއެޅީ ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ އެވެ.
މެޗުގެ 54 މިނިޓުގައި ޕޯޗުގަލް އަށް ލީޑު ހޯދައިދިނީ ފެނާންޑޭޒްއެވެ. އޭރިޔާ ތެރެއަށް ފެނާންޑޭޒް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ވަތްއިރު، އެ ބޯޅައިގައި ބޮލުން ޖެއްސި ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކްލެއިމްކުރި ނަމަވެސް، އެ ލަނޑު ދީފައި ވަނީ ފެނާންޑޭޒްއަށެވެ.
މެޗުގެ އިތުރު ވަގުތުގައި އުރުގުއޭގެ ހޯސޭ ގިމެނޭޒްގެ ހޭންޑްބޯލްއަކަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ޕޯޗުގަލް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ފެނާންޑޭޒް އެވެ.
ޕޯޗުގަލް ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ ގުރޫޕް އެޗްގައި ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ގާނާ އޮތްއިރު، ދެކުނު ކޮރެއާ އާއި އުރުގުއޭ އޮތީ އެއް ޕޮއިންޓާއެކު އެވެ.
ބްރެޑްއާއި އިނެސްގެ ގުޅުން ރަސްމީކޮށް އިއުލާން ކޮށްފި
"އެންމެ އަގުބޮޑު ތަރީ"ގެ ލަގަބަކީ ދޮގެއް: ހެމާ މާލިނީ
މޯނާއަކީ "ޖެން އަލްފާ"އަށް ވަރަށް ކަމުދާނެ ފިލްމެއް: ދަ ރޮކް