ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެމްއެންޕީން ކުރި އިއުލާނުގައި ވަނީ ޕްރައިމަރީގައި ވާދަކުރަން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މި މަހުގެ 14ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އެ ޕާޓީގެ އޮފީހަށް ނުވަަތަ އެ ޕާޓީގެ ރަސްމީ މެއިލަށް ހުށަހަޅަން ޖެހޭނެކަމަށެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ މެންބަރަކަށް ވެސް އޮންނާނެ ކަމަށް އެމްއެންޕީން ބުންޏެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އެ ޕާޓީގެ ރައީސް ނާޒިމް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
ހިތަދޫ އުތުރު ބައި އިލެކްޝަން ސޯބެ ކާމިޔާބު ކޮށްފި
