ހދ. ނޮޅިވަރަމްގައި މަރާލައިފައި އޮތް ކަމަށް ޝައްކު ކުރެވޭ އަންހެނަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަރާލާފައި އޮއްވާ ފެނުނީ އުމުރުން 28 އަހަރުގެ އަންހެނެއް ކަމަށެވެ.

ފުލުހުން ބުނީ ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ މިއަދު މެންދުރު 12:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމުން ފުލުހުން ސީންއަށް އެޓެންޑުވެ، ހޭނެތިފައިވާ މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަރުވެފައި އޮތް މީހާގެ ގައިގައި ޒަހަމްތަކެއް ހުރިކަން ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.