ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ޓޯ ކުރާނެ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ޒިޔާރަތް ކުރާ މީހުންނަށް ގިނަ ދަތިތަކެއްް ކުރިމަތިވަމުންދާ ކަަމަށެވެ. ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި މިފަދަ އުޅަނދުތައް ބަލައި ސާވޭ ރިޕޯޓެއް މިމަހުގެ ދެވަނަ ދުވަހު އެކުލަވާލާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ޕާކިން ޒޯންތަކާއި ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ހަލާކުވެފައި އުޅަނދުތައް / ސުން ބޯޑްގައި ހުރި އުޅަނދުތައް ޓޯ ކުރަން ނިންމާފައިވާ ކަމަށެވެ.
ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
ހުސްފަޔާ ހިނގުން: ދުޅަހެޔޮ ސިއްހަތަކަށް އޮތް ސިއްރެއް!
