ޓެސްޓްތަކެއް ހެދުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ހޮސްޕިޓަލުން އެމަނިކުފާނު ދޫކޮށްލި ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނަށް ފަރުވާދިނުމުގައި ބެހެއްޓި އޯގާތެރިކަމަށްޓަކައި މައުމޫން ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އުމުރުފުޅުން 85 އަހަރުގެ މައުމޫން ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ވެސް މިއަދު އެވެ.
ކޮވިޑް ބަލީގައި ވެސް މީގެކުރިން އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދީފައިވެ އެވެ.
އޮގަސްޓު މަހު ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލުނު
އެލްޖީއޭގެ ހުއްދަ ނެތި މުވައްޒަފުން ނެގުން މަނާކޮށްފި
ތިނަދޫ ކުޅިއަށް ކެމިކަލް އެޅި ކަމަށް ބުނެ ޖޫރިމަނާކުރަން އެދެފި
