އިންޑިއާގެ ތާރީހުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމު "ޖޯދާ އަކްބަރު" ފިލްމަށް 15 އަހަރު ފުރުމުން ފިލްމުގެ ބަތަލު ރިތިކު ރޯޝަންއަށް ޖަޒުބާތީ ވެވިއްޖެ އެވެ.
މި ފިލްމަކީ ރިތިކަށް މުހިންމުވާ އެއް ފިލްމަށްވާއިރު، މިއީ އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ކާމިޔާބު ފިލްމެކެވެ. ފިލްމުގައި ދައްކައިދެނީ އިންޑިއާގައި ރަސްކަން ކުރި އަކްބަރާއި، ރާނީ ޖޯދާގެ ލޯބީގެ ވާހަކަ އެވެ.
ފިލްމަށް 15 އަހަރު ފުރުމާއި ގުޅިގެން ރިތިކު ވަނީ ފޭނުންނަށް ނޯޓެއް ހިއްސާކޮށްފަ އެވެ.
އެ ނޯޓުގައި އޭނާގެ އިހުސާސްތައް ހާމަކޮށްފައިވާއިރު، އެ ރޯލު ކުޅެން ރިތިކަށް ފުރުސަތު ދިނީތީ ފިލްމުގެ ޑައިރެކްޓަރު އާޝުތޯޝް ގޮވަރިކަރަށް ހިތުގެ އަޑިން ޝުކުރު އަދާކުރާކަމަށް ރިތިކު ބުނެފައިވެ އެވެ.
މި ފިލްމުގައި މުސްލިމު ރަސްކަލަކާއި ހިންދޫ ދީނުގެ ރާނީއަކު މަޖުބޫރުވެ، ކައިވެނީގެ ގޮތުން ގުޅުމަށްފަހު ކުރިމަތިލާންޖެހޭ މުސީބާތްތައް ދައްކުވައިދެ އެވެ.
ފިލްމުގެ ރާނީގެ ރޯލު ކުޅެދީފައިވަނީ މަޝްހޫރު ތަރި އައިޝްވަރްޔާ ރާއީ އެވެ.
ޑޮލަރުގެ ދަތިކަން ބޮޑުވީ 500 މިލިއަންގެ ސުކޫކު ދެއްކުމުން: ޒަރީރު
ޓްރަމްޕްގެ މަގުބޫލުކަން 33 ޕަސެންޓަށް ދަށްވެއްޖެ
ހެނދުނު ކޮފީއަށްފަހު ހިތް އަވަސް ވޭތަ؟ ސަމާލުވާންވީ 6 ކަމެއް!
