ހޫނުގަދަ ގައުމެއްގައި އުޅޭއިރު ހަންގަނޑު އެނދުމަކީ ނުވެ ނުދާނެ ކަމެެކެވެ. މިއީ އަހަރުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ކުރިމަތިވެފައިވާނެ ކަމެކެވެ. އަވީގައި އުޅެ ހަންގަނޑު އަނދާތީ އުޅޭ ބޭފުޅުންނަށް އޮތް އުފާވެރި ހަބަރަކީ ގޭގައި ވެސް އެކަމަށް ހައްލު ހޯދިދާނެ ކަމެވެ.

އޮރެންޖު

އޮރެންޖަކީ ވިޓަމިން ސީ ގިން އަދަދަކަށް ހިމެނޭ މޭވާ އެކެވެ. މި މޭވާގައި ހިމެނޭ ވިޓަމިން ސީ ހަންގަނޑުގެ ސެލް ފަންކްޝަނިން ހަލާކުކޮށްދޭ ފްރީ ރެޑިކަލްސް ނައްތާލަދެ އެވެ.

ހިއްކާފައިވާ އޮރެނަޖް ތޮށި މިކްސްޗަރަށް އަޅައިގެން ޕައުޑަރަކަށް ވަންދެން ހިމުންކޮށް މުގުރާށެވެ. މި ޕައުޑަ ބޯތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ކުޑަ ކިރުކޮޅެއް އަޅައިގެން ޕޭސްޓްއެއް ތައްޔާރު ކުރާށެވެ. މޫނާއި އަތުގައި އުނގުޅުމަށްފަހު ހިކެންދެން ބަހައްޓާށެވެ. އެއަށްފަހު ރީތިކޮށް ފެނުން ދޮވެލާށެވެ.

އަލްމަންޑްސް

އަލްމަންޑްސް ގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސް ހިމެނޭއިރު ހަންގަނޑު ރައްކާތެރިކޮށްދޭ ވިޓަމިން އީ ވެސް ހިމެނެ އެވެ.

ދިހަ ވަރަކަށް އަލްމަންޑްސް މިކްސްޗަރުގައި މުގުރާށެވެ. އެއަށްފަހު މި މިކްސް ކުރި އަލްމަންޑްސް ތެރެއަށް ކެލާ ތެޔޮ ކޮޅެއް އަޅައިގެން ޕޭސްޓްއެއް ތައްޔާރު ކުރާށެވެ. އެއަށްފަހު މޫނާއި އަތުގައި އުނގުޅާލުމަށްފަހު ހިކުމުން ރީތިކޮށް ދޮވެލާށެވެ.

އަލުވި

އަލުއްވަކީ ބްލީޗިން އެޖެންޓްއެކެވެ. އެހެންކަމުން މިކަމަށް މިއަށް ވުރެން ވަކި ރަނގަޅު އެއްޗެއް އޮންނާނެ ހެއްޔެވެ.

އަލުވިއެއް އެންމެ ފުރަތަމް ރީތިކޮށް މަށާލާށެވެ. އެއަށްފަހު ކުދިކޮށް ކޮށާލައި މިކްޗަރަށް އަޅައިގެން ޕޭސްޓްއެއް ގޮތަށް ރީތިކޮށް ފުނޑާށެވެ. އެއަށްފަހު އަތާއި މޫނުގައި އުނގުޅާލާފައި 15 މިނިޓް ވަންދެން ބަހައްޓާށެވެ. އެއްށްފަހު ރީތިކޮށް ފެނުން ދޮވެލާށެވެ.

މާމުއި

މާމުއާއި ލުނބޮޔަކީ ގިނަ އަދަދެއްގެ މޫނުގައި އުނގުޅާ އުފެއްދުންތައް އުފައްދަން އެންމެ ގިނައިން ބޭނުން ކުރާނެ ދެ އެއްޗެކެވެ.

މާމުއި، ހިކި ކިރު އަދި ލުނބޯ ހުތް މިއިން ކޮންމެ އެއްޗަކުން މޭޒުމަތީ ސަމުސަލެއް އަޅައިގެން ޕޭސްޓްއެއް ތައްޔާރު ކުރާށެވެ. މޫނާއި އަތުގައި އުނގުޅާފައި 20 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.

އޯޓްމީލް

އޯޓްމީލް، ޓޮމާޓޯ ޖޫސް އަދި ޔޯގަޓް އެއްކޮށް މިކްސްކުރުމަށް ޕޭސްޓްއެއް ތައްޔާރުކުރާށެވެ.މި ޕޭސްޓް މޫނާއި އަތުގައި އުނގުޅުމަށްފަހު 15 މިނިޓް ވަންދެން ބަހައްޓައި ރީތިކޮށް ފެނުން ދޮވެލާށެވެ.