ޓީވީ އަދި ސްޓްރީމިންގް ޕްރޮޑަކްޝަންތަކުގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ 78 ވަނަ ޕްރައިމްޓައިމް އެމީ އެވޯޑު ބާއްވައި، މިއަހަރުގެ އެންމެ މޮޅު ތަރިންނާއި ޝޯތައް އިއުލާން ކޮށްފި އެވެ.

އެމެރިކާގެ ލޮސް އެންޖެލެސްގެ ޕީކޮކް ތިއޭޓަރުގައި ބޭއްވުނު މި ކުލަގަދަ ހަފުލާ ހުށަހަޅައިދިނީ މަޝްހޫރު ބަތަލާ މަރިސްކާ ހަރްގިޓޭ އެވެ.

މިއަހަރުގެ އެމީ އެވޯޑަށް އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވަނީ 25 ނޮމިނޭޝަނާއެކު އެޗްބީއޯ މެކްސްގެ "ދަ ޕިޓް" އަށް ކަމަށްވާއިރު، އެޕަލް ޓީވީގެ "ވިޑޯޒް ބޭ"އަށް ވަނީ 19 ނޮމިނޭޝަން ލިބިފަ އެވެ.

މިފަހަރުގެ އެވޯޑު ހޯދި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

ޑްރާމާ ސީރީޒް ބައި:

  • އެންމެ މޮޅު އެކްޓަރު: ނޯއާ ވައިލް (ދަ ޕިޓް)
  • އެންމެ މޮޅު އެކްޓްރެސް: ރިއާ ސީހޯން (ޕްލޫރިބަސް)
  • އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސް: އެލިސަން ޖޭނީ (ދަ ޑިޕްލޮމެޓް)
  • ގެސްޓް ރޯލަކުން އެންމެ މޮޅު އެކްޓަރު: އާނެސްޓް ހާޑަން ޖޫނިއާ (ދަ ޕިޓް)
  • ގެސްޓް ރޯލަކުން އެންމެ މޮޅު އެކްޓްރެސް: ޝައިލީން ވުޑްލީ (ޕެރެޑައިސް)

ކޮމެޑީ ސީރީޒް ބައި:

  • އެންމެ މޮޅު އެކްޓްރެސް: ޖީން ސްމާޓް (ހެކްސް)
  • އެންމެ މޮޅު ސަޕޯޓިންގް އެކްޓަރު: ސްޓެފަން ރޫޓް (ވިޑޯޒް ބޭ)
  • އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސް: ކޭޓް އޮފްލިން (ވިޑޯޒް ބޭ)
  • ގެސްޓް ރޯލަކުން އެންމެ މޮޅު އެކްޓަރު: ރޮބް ރައިނާ (ދަ ބެއާ ސީޒަން 4) - މަރުވުމަށްފަހު ލިބުނު އެވޯޑެއް
  • ގެސްޓް ރޯލަކުން އެންމެ މޮޅު އެކްޓްރެސް: ބެޓީ ގިލްޕިން (ވިޑޯޒް ބޭ)

ލިމިޓެޑް ސީރީޒް އަދި މޫވީސް ބައި:

  • އެންމެ މޮޅު އެކްޓަރު: މެތިއު ރީސް (ދަ ބީސްޓް އިން މީ)
  • އެންމެ މޮޅު ސަޕޯޓިންގް އެކްޓަރު: ޑޭވިޑް ހާބާ (ޑީޓީއެފް ސެންޓް ލޫއިސް)
  • އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސް: ލިންޑާ ކާޑެލީނީ (ޑީޓީއެފް ސެންޓް ލޫއިސް)
  • އެންމެ މޮޅު ޑައިރެކްޝަން: ޑީޓީއެފް ސެންޓް ލޫއިސް
  • އެންމެ މޮޅު ލިޔުން: ޑީޓީއެފް ސެންޓް ލޫއިސް

ރިއަލިޓީ، ވެރައިޓީ އަދި އެހެނިހެން ބައިތައް:

  • އެންމެ މޮޅު ރިއަލިޓީ ކޮމްޕެޓިޝަން ސީރީޒް: "ދަ ޓްރެއިޓާސް"
  • އެންމެ މޮޅު ޓީވީ މޫވީ: "ރެމާކަބްލީ ބްރައިޓް ކްރީޗާސް"
  • އެންމެ މޮޅު ލައިވް ވެރައިޓީ ސްޕެޝަލް: "ދަ އެޕަލް މިއުޒިކް ސުޕަ ބޯލް އެލްއެކްސް ހާފްޓައިމް ޝޯ ސްޓާރިންގް ބެޑް ބަނީ"
  • އެންމެ މޮޅު ޕްގީ-ރެކޯޑެޑް ވެރައިޓީ ސްޕެޝަލް: "ދަ މަޕެޓް ޝޯ"
  • ވެރައިޓީ ސީރީޒް ރައިޓިންގް އެވޯޑު: "ދަ ލޭޓް ޝޯވް ވިތް ސްޓީވަން ކޯލްބާޓް"
  • އެންމެ މޮޅު އެނމޭޓެޑް ޕްރޮގްރާމް: "ސައުތު ޕާކް"

މިއަހަރުގެ މި ހަފުލާ ހުށަހަޅައިދިން މަޝްހޫރު ތަރި މަރިސްކާ ހަރްގިޓޭގެ ހުށަހެޅުން ގިނަ ބައެއްގެ ސަމާލުކަން ހޯދިއިރު، މައި ހަފުލާގެ ކުރިން ބޭއްވުނު ކްރިއޭޓިވް އާޓްސް އެމީސް ގައި ވެސް ޓެކްނިކަލް އަދި އާޓިސްޓިކް އެކި ދާއިރާތަކުން ފަންނާނުންގެ އަގު ވަޒަން ކޮށްފައިވެ އެވެ.

ޖުމްލަ ގޮތެއްގައި މިފަހަރުގެ އެމީ އެވޯޑު ވެގެން ގޮސްފައިވަނީ ޓީވީ އަދި ސްޓްރީމިންގް ޕްރޮޑަކްޝަންތަކަށް ބޮޑު ތަރުހީބެއް ލިބުނު އަދި ފާހަގަ ކޮށްލެވޭ ތަފާތު ތަޖުރިބާއަކަށެވެ.