ރޭގަނޑު ނިދާ ވަގުތު ކޮޓަރީގެ އަލި ފަނޑުކޮށް ހުރުމަކީ ހިތުގެ މަސްތަކުގެ އޮނިގަނޑަށާއި މަސައްކަތަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާއިން ހާމަވާ ގޮތުގައި، ނިދާ މާހައުލުގައި ހުންނަ ފަނޑު އަލިކަމުގެ ސަބަބުން ވެސް ހިތުގެ ސިއްހަތަށް ނުރައްކާވެ، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.
ގިނަ މީހުންނަކީ ކޮޓަރީގައި ކުދިކުދި ބައްތިތަކުގެ އަލި ހުރެގެން ނުވަތަ ބޭރުން ކޮޓަރިއަށް އަލި ވަންނަ ގޮތަށް ބަހައްޓައިގެން ނިދަން އާދަވެފައިވާ މީހުންނެވެ.
ނަމަވެސް، މިފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑުގެ ގުދުރަތީ ނިޒާމަށް ބުރޫ އަރާކަމަށް ސިއްހީ މާހިރުން ފާހަގަ ކުރައްވަ އެވެ.
މި ދިރާސާއިން އެނގިގެންދިޔަ ގޮތުގައި، ރޭގަނޑުގެ ވަގުތުގައި މުޅިން އަނދިރި މާހައުލެއްގައި ނިދުމަކީ ހިތުގެ ވިންދާއި ޕްރެޝަރު ހަމައަކަށް އަޅުވައިދިނުމަށް އެހީވެދޭ ކަމެކެވެ.
އެހެންކަމުން، ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ނިދާ ކޮޓަރި ވީހާވެސް ބޮޑަކަށް އަނދިރިކޮށް، ބޭރުގެ އަލި ނުވަންނަ ފަދަ ގޮތަކަށް ބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދުދެ އެވެ.
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕްކޮށްގެން އައިފޯނެއް!
ފުއްގިރި މައްސަލައިގައި ޔާމީނަށް ހުކުމް އިއްވުން މި މަހު 29ގައި
ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން ނަޝީދުގެ ކަންބޮޑުވުން
ކީރިތި ގުރުއާނާއި އަދި ރަސޫލާގެ ހަދީސްތަކުން މިކަން މީގެ 1400 އަހަރު ކުރިން ވަނީ އެގިފައި، އަދި ކިރިޔާ މިވެރިންނަށް މިކަން މިއެގުނީ