މާލޭގެ ފިހާރައެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ މަރުވެއްޖެ އެވެ.

އެ ޒުވާނާގެ ގާތް މީހަކު ވަނީ "ހުރިހާ"އަށް އެކަން ކަށަވަރުކޮށްދީފަ އެވެ. އެ ޒުވާނާއަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު އެވެ.

އެނގިފައިވާގޮތުގައި ބަޔަކު އެ ޒުވާނާއަށް ހަމަލާދޭން އުޅޭކަން އެނގިގެން އެ މީހުންނަށް ފިލަންވެގެން އޭނާ ވަނީ މާފަންނު ބީޖީ ގަރާޖް ކައިރީ ހުރި ފިހާރައަކަށެވެ. އެ ފިހާރައިގައި ހުއްޓައި ބަޔަކު ވަދެ އޭނާއަށް ހަމަލާ ދިނީ އެވެ.

މާލެތެރޭގައި މިހާރު ހިނގަމުން އަންނަ ސިލްސިލާ މާރާމާރީތަކުގެ ފަހަތުގައި ވަނީ ހަތަރު ގޭންގެއް ކަމަށް ޕޮލިސް ކިމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ސީޕީ ހަމީދު ވިދާޅުވީ މިދިޔަ މަހު މެދުތެރެއިން ފެށިގެން މިހާތަނަށް އެ ސިލްސިލާ މާރާމާތިތަކާ ގުޅިގެން 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ބައެއް މީހުން ކްރިމިނަލް ކޯޓުން ވަނީ ދޫލޮށްލާފަ އެވެ،

ސީޕީ ވިދާޅުވީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުން އަންނަ އެ މާރާމަރީތައް ގުޅިފައިވަނީ ހަތަރު ގޭންގަކާ ކަމަށެވެ.