ޒައިން މަލިކްއާއި ގިގީ ހަދީދްއޭ ބުނުމުން އެއީ ކޮން ބައެއްކަން ނޭނގޭ ޒުވާނަކު މަދުވާނެ އެވެ. އެއީ އެއް އިރެއްގައި އެންމެ މަޝްހޫރުވި ހޮލީވުޑްގެ ޖޯޑެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މީގެ އަހަރެއްހާ ދުވަސް ކުރިން ވަކިވި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ތަރިންގެ މެދުގައި އޮތް ގުޅުން ރަނގަޅު ކަމަށް ގިގީވަނީ ބުނެފަ އެވެ.

ޒައިންއާއެކު އެދެމީހުންގެ ދެ އަހަރުގެ ދަރިފުޅު ބަލަމުން އަންނަ ގިގީ ބުނީ ދަރިފުޅު ކައިއަށް މަންމައާއި ބައްޕަގެ ލޯބި ދިނުމުގެ ގޮތުން އެ ދެތަރިން އަދިވެސް ވާހަކަ ދައްކާ ކަމަށެވެ.

އެގޮތުން ގިގީގެ މަސައްކަތްތައް ރަވާލަނީ ކައި އޭނާގެ ބައްޕައާއެކު އުޅީ ވަގުތުތަކަށް ބަލައިގެން ކަމަށް ގިގީ ބުންޏެވެ.

ވަކިވެފައިވާ ބެލެނިވެރިންނަށް ގިގީ ބުނީ ކައިވެނި ރޫޅުނަސް ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭން ދެމީހުން ވެސް އެއްބާރުލުން ދޭންޖެހޭނެ ކަމަށެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެދެމީހުން ވަކިވީ ޒައިންއާއި ގިގީގެ މަންމައާ ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށް އަޑުއަރާފައިވެ އެވެ.

މި މައްސަލައިގައި ޒައިންގެ މައްޗަށް ޕެންސިލްވޭނިއާގެ ކޯޓެއްގައި މައްސަލަ ވެސް ޖައްސާފައިވެ އެވެ.