މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލާ ކުޅިވަރާއިބެހޭ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި އެވެ.
މިބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުއެވެ. ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވަނީ މައިގަނޑު 7 އިސްލާހެއް ކަމަށެވެ.
ސްޕޯޓްސް ކޯޕަރޭޝަން އުވާލައި، ގާނޫނު އިސްލާހުކޮށް، އެނެސްކޯގެ އިންޓަރނޭޝަނަލް ކޮންވެންޝަން އެއިންސްޓް ޑޯޕިން ސްޕޯޓާއި އެއްގޮތްވާގޮތުގެ މަތީން، މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ ގާއިމްކޮށް މުސްތަގިއްލު ބޯޑެއްގެ ދަށުން ހިންގާ އެޖެންސީއެއްކަމުގައި ކަނޑައެޅުމަށް ވަނީ އިސްލާހު ހުށައަޅާފަ އެވެ.
ޤާނޫނަށް ހުށަހަޅާފައިވާ އެހެން އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ކުޅިވަރުގެ އޮނިގަނޑު އެކުލެވޭނީ ސްކޫލް ކުޅިވަރާއި ވާދަވެރި ނޫން ކުޅިވަރާއި ވާދަވެރި ކުޅިވަރުގެ މައްޗަށްކަމަށެވެ. އަދި އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ސަގާފީ ހަރަކާތްތައް އުނިކުރަން ވަނީ ހިމަނާފަ އެވެ.
މީގެއިތުރުން ގިންތިތަކެއް ކަނޑައަޅައި އެ ގިންތީގެ ކުޅިވަރު ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭގޮތަށް އެ އިސްލާހުގައިވެ އެވެ. އޭގެތެރޭގައި ގައުމީ ކުޅިވަރު ފެޑަރޭޝަންތަކާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ސަރަހައްދީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކްލަބްތަކާއި ކުޅިވަރު އެކަޑަމީތައް ހިމެނެ އެވެ.
މީގެ އިތުރުން ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލްކުރާނެ މެމްބަރަކު ހިމެނުމަށްޓަކައި ކުޅިވަރާބެހޭ ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތް ބަޔާންކުރުމަށްވެސް އިސްލާހު ވަނީ ހުށަހަޅާފަ އެވެ. ހަމަ މިއާއެކު ގާނޫނުގެ ތެރެއިން އުފައްދާފައިވާ "ޔެސް" ޓީވީ އުވާލަން ވެސް ވަނީ ހުށަހަޅާފަ އެވެ.
 ބީޓީއެސް އިންޑިއާއަށް އަންނަނީ!
			ބީޓީއެސް އިންޑިއާއަށް އަންނަނީ!
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 އަލްހާންގެ ތިން ބެއިންނަށް ކުރާ ދައުވާތައް އަނބުރާ ގެންގޮސްފި
			އަލްހާންގެ ތިން ބެއިންނަށް ކުރާ ދައުވާތައް އަނބުރާ ގެންގޮސްފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					