49 އަހަރުގައި ކައިވެނި ކުރުމަކީ ލަދުގަންނަން ޖެހޭވަރު ކަމެއް ނޫންކަމަށް މަޝްހޫރު ބޮލީވުޑް ތަރި މަލާއިކާ އަރޯރާ ބުނެފި އެވެ.

މަލާއިކާ މިފަދައިން ބުނެފައިވަނީ، ކައިވެންޏާއި ގުޅިގެން އިންޑިއާގެ ރިޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އެގޮތުން މަލާއިކާ ބުނިގޮތުގައި ދޮށީ އުމުރުގައި ކައިވެނި ކުރަން ޖެހުމަކީ މައްސަލައެއް ނޫނެވެ. އަދި އޭނާ 49 އަހަރުގައި ކައިވެނި ކުރާނަމަ، އެއީ އޭނާ ލަދުގަންނާނެ ކަމެއް ނޫންކަމަށްވެސް މަލާއިކާ ބުނެފައިވެ އެވެ.

މަލާއިކާ އިތުރަށް ބުނިގޮތުގައި ދެމީހެއްގެ މެދުގައި އޮންނަ ލޯބީގެ ގުޅުމަކީ އެ ގުޅުމަކަށް އޭނާ އެންމެ ގަދަރުކުރާ އެއް ގުޅުމެވެ. އަދި ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ އޭނާ އަބަދުވެސް އެއްބާރުލުންދޭނެ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

އަރުޖުން،37ަ، އާއި މަލައިކާ، 49، ލޯބީގެ ގޮތުން ގުޅުނީ 2018 ގަ އެވެ.

ބޮލީވުޑް ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަލާމާތް ރައްދުވާ ޖޯޑަކީ ވެސް މަލައިކާ އާއި އަރްޖުން އެވެ. ސަބަބަކީ އަރްޖުން އަށް ވުރެ މަލައިކާ 12 ވަރަކަށް އަހަރު ދޮށިވެފައި އޭނާގެ 19 އަހަރުގެ ދަރިއަކު ހުރުން އެއީ ބައެއް މީހުން އެ ދެ މީހުންނަށް އެންމެ މަލާމާތްކުރާ އެއް ސަބަބެވެ.