މިހާރު ވެސް ގިނަ ބަޔަކު ލަފާކުރާ ގޮތުގައި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތަރަކީ ބޮލީވުޑްގެ އުންމީދީ އެކްޓަރެކެވެ. ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް އުޅެފައިވާ ޒުވާން އެކްޓަރު އިޝާން މިހާރު ވަނީ ނެޓްފްލިކްސްއިން ގެނެސްދޭ މެބް ސީރީޒެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފަ އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭ ސީރީޒް "ދަ ޕާފެކްޓް ކަޕްލް" ގައި ހޮލީވުޑްގެ ތަރި ނިކޯލް ކިޑްމަން އާއެކު އިޝާން ފެނިގެންދާނެ އެވެ.

އިޝާން މި ސީރީޒްގައި ފެނިގެންދާނީ ގްރޫމްގެ އެންމެ ގާތް އެކުވެރިޔާގެ ރޯލެވެ.

އެ ސީރީޒްގައި އުޅޭ މެއިން ކެރެކްޓާއިންނާ ކާސްޓުން މިހާރު އިއުލާނުކޮށްފައިވާއިރު، ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން އިތުރުން މިސީރީޒްގައި ދެން ފެނިގެންދާނީ ނިކޯލް ކިޑްމަން އާއި ލީވް ޝްރައިބާ އަދި ޑަކޯޓާ ފޭނިންގް އެވެ.

https://www.instagram.com/p/CqiLw0TuZgu/?img_index=1

މީގެ ވާހަކަ އިންސްޓަގްރާމްގައި ވެސް އިޝާން ހިއްސާކޮށް، މިއާ އާ ފެށުމެއް ކަމަށް ބުނެފައިވެ އެވެ. މިއާއެކު ގިނަ ބަޔަކު އޭނާ އަށް އަންނަނީ މަރުހަބާ ކިޔަމުންނެވެ.

އިޝާން އެންމެ ފަހުން ފެނިފައި ވަނީ ކެޓްރީނާ ކައިފް އާއެކު މިދިޔަ އަހަރު ނިކުތް "ފޯން ބޫތު" ފިލްމުންނެވެ. އޭގެ ކުރިން، 2020 ވަނަ އަހަރު ނިކުތް މިރާ ނައިރްގެ ނެޓްފްލިކްސް ޝޯ "އަ ސުއިޓެބަލް ބޯއީ" އިން ވެސް އޭނާ ފެނުނެވެ.