ނ. މަނަދޫގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަނަދޫގެ ގެއެއްގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ބެލިއިރު، އޭނާ ދިރިއުޅޭ ކޮޓަރީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ވަނީ ދޮރުވައްޓާލައިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ އަންހެން މީހާ މަރުވެފައި އޮތީ ބިންމަތީގަ އެވެ. އެނގިފައިވާގޮތުގައި އޭނާގެ ގައިގެ އެކި ތަންތަނަށް ވަނީ ތޫނުއެއްޗަކުން ހަމަލާދީފަ އެވެ.
އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ އަންހެން މީހާއަކީ އާއިލާއާ އެހާބޮޑަށް ގުޅުން އޮންނަ މީހެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ ސިހުރު ހަދާ މީހެއް ކަމަށް އެރަށު މީހުން ތުހުމަތުކުރެ އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ތަހުގީގު ޓީމެއް މިހާރު ވަނީ އެރަށަށް ފުރާފަ އެވެ.

ބައްސާމް 24 ގަޑިއިރު ނުވަނީސް އަނބުރާ ޖަލަށް ބަދަލުކޮށްފި
އަލިފާނުގެ ހާދިސާއަށް 6 ދުވަސް ފަހުން ތަހުގީގުކުރަން އަންގަވައިފި
ރޯދަ 2026: މުހައްމަދުއް ރަސޫލުﷲގެ އެކްޓަރުންނަށް ނަޒަރެއް!
